English Edition
Dhivehi Edition

އިނގިރޭސި ޕްރިމިއަ ލީގުގައި ބްރައިޓަން 1-3 ލަނޑުން ބަލިކޮށް އެންމެ ފަހުގެ ލީގު ޗެމްޕިއަން ޗެލްސީއިން ހަދާފައިވާ ތިން ރެކޯޑެއް މެންޗެސްޓަރ ސިޓީން މުގުރާލައިފިއެވެ.

ބްރައިޓަން އަތުން ހޯދި މިމޮޅާއެކު ސިޓީން މުގުރާލާފައިވާ ތިން ރެކޯޑަކީ ޕްރިމިއާ ލީގުގެ އެއް ސީޒަނެއްގައި އެންމެ ގިނަ ޕޮއިންޓު ހޯދި ޓީމުގެ ރެކޯޑާއި އެއް ސީޒަނެއްގައި އެންމެ ގިނަ މޮޅު އަދި އެންމެ ގިނަ ލަނޑު ޖެހި ޓީމުގެ ރެކޯޑެވެ.

މި ތިން ރެކޯޑު ސިޓީ މުގުރާލާފައިވާއިރު އެއް ސީޒަނެއްގައި އެންމެ ގިނަ ޕޮއިންޓު ހޯދުމުގެ ރެކޯޑު ޗެލްސީން ގާއިމުކުރީ 05-2004 ވަނަ އަހަރުގެ ސީޒަނުގައި 95 ޕޮއިންޓު ހޯދައިގެންނެވެ. ސިޓީ މި ރެކޯޑް އާކޮށްފައިވަނީ ބްރައިޓަން އަތުން ހޯދި މޮޅާއި 97 ޕޮއިންޓު ހޯދައިގެންނެވެ.

ޕްރިމިއާ އެންމެ ގިނަ މޮޅު ހޯދުމުގެ ރެކޯޑު ޗެލްސީން ގާއިމުކުރީ މިދިޔަ ސީޒަނުގައި 30 މޮޅު ހޯދައިގެން ހަދާފައި ވީނަމެވސް މިސީޒަންގައި ލީގު ޗެމްޕިއަންކަން ކަށަވަރުކޮށްފައިވާ ސިޓީ ރޭގެ މޮޅަކީ ޕްރިމިއާ ލީގުގައި ސިޓީން ހޯދި 31 ވަނަ މޮޅެވެ.މިހާތަނަށް ލީގުގައި ސިޓީން 105 ގޯލް ޖަހާފައިވާ އިރު ކުރިން މި ރެކޯޑު އޮތް ޗެލްސީ 10-2009 ވަނަ އަހަރުގެ ސީޒަންގައި މި ރެކޯޑް ހަދާފައިވަނީ 102 ލަނޑު ޖަހައިގެންނެވެ. ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާގެ އަމާޒަކީ ލީގުގެ ފަހު މެޗުގައި ސައުތެމްޓަން ބަލިކޮށް 100 ޕޮއިންޓް ހަމަކުރުމެވެ.

ސިޓީން ބްރައިޓަން ބަލިކުރީ 3-1 ލަނޑުން ފަސޭހަ ކަމާއި އެކޮށް ބަލލިކޮށް ގިނެ ރެކޯޑް ހެދި މި މެޗުގައި ސިޓީގެ ލަނޑުތަށް ޖަހައިދިނީ މިސީޒަންގައި ޓީމާ ގުޅުނު ޑެނީލޯގެ އިތުރުން ބާނާޑޯ ސިލްވާ އަދި މިޑްފީލްޑަރު ފެނާންޑީނިއޯއެވެ. ބްރައިޓަންއިން ޖެހި ހަމައެކަނި ގޯލް އެޓީމަށް ކާމިޔާބުކޮށްދިނީ ލިއެނާޑޯ އުޖޯއާއެވެ.