އިނގިރޭސި ޕްރިމިއާ ލީގުގައި އާސެނަލްއާއި ލެސްޓާ ސިޓީ ބައްދަލުކުރި މެޗު ފަސޭހަ ކަމާއި އެކު ބޮޑު ތަފާތަކުން ލެސްޓާ ސިޓީން މެޗު ކާމިޔާބުކޮށްފިއެވެ.
ލީގުގައި ރޭ ލެސްޓޭ އާއި އާސެނަލް ބައްދަލު ކުރި މެޗު ލެސްޓާއިން ކާމިޔާބު ކުރީ 3-1 ލަނޑުގެ ނަތީޖާއަކުންނެވެ.
މި މެޗުން މޮޅުވެ ލެސްޓާ ސިޓީ 37 މެޗުން 47 ޕޮއިންޓު ހޯދައިގެން ލީގުގެ 9 ވަނާގައި އޮތްއިރު މެޗުން ބަލިވި އާސެނަލް އޮތީ ތާވަލުގެ 6 ވަނާގައެވެ. އެއްވަނާގައި ލީގު ޗެމްޕިއަންކަން ކަށަވަރުކޮށް އޮތީ މެންޗެސްޓަރ ސިޓީއެވެ.
އާސެނަލްގެ ފަރާތުން މެޗުގެ ފުރަތަމަ 10 މިނެޓް ތެރޭގައި ރަނގަޅަށް ކުޅެން މަސައްކަތް ކުރި ނަމަވެސް ލެސްޓާއިން ވަނީ މެޗުގެ 14 ވަނަ މިނެޓުގައި އިހެނާޗޯ ޖެހި ލަނޑުން މެޗުގެ ލީޑު ނަގާފައެވެ.ލެސްޓާއިން ފުރަތަމަ ލަނޑު ޖެހި ނަމަވެސް އާސެނަލް އިން ރަނގަޅަށް ކުޅެމުން ދިޔަ މިމެޗުގައި އާސެނަލްގެ ކޮންސްޓަންޓިއޮސްއަށް ދެއްކި ސީދާ ރަތްކާޑާއެކު އާސެނަލްއަށް ވަނީ މެޗުގައި ގިނަ ދަތިތަކާ ކުރިމަތިލާން ޖެހިފައެވެ.
މެޗުގެ ފުރަތަމަ ހާފް 1-0 ލަނޑުން ކުރީގައި އޮވެ ލެސްޓާ ނިންމާލާފައިވާއިރު 10 ކުޅުންތެރިންނާއި އެކު ދެވަނަ ހާފު ފެށިގެން އާސެނަލުން ވަނީ މެޗުގެ 53 ވަނަ މިނެޓުގައި އައުބަމަޔަންގެ ލަނޑުން މެޗުގެ ނަތީޖާ ހަމަހަމަ ކޮށްފައެވެ.ނަމަވެސް މެޗުގެ 76 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން ޖޭމީ ވާޑީ ވަނީ އަލުން ލެސްޓާއަށް ލީޑު ހޯދާފައެވެ. އެޓީމަށް މެޗުގެ ލީޑު .ފުޅާކޮށްދިނީ މެޗުގެ 90 ވަނަ މިނެޓުގައި ރިޔާދް މަހުރޭޒެވ