English Edition
Dhivehi Edition
People stand outside their shops after a severe earthquake is felt in Rawalpindi, Pakistan, Wednesday, Jan. 31, 2018. A strong magnitude-6.1 earthquake rattled Pakistan and Afghanistan, including the capital cities of both countries, damaging mud-brick homes in southwestern Pakistan and killing a girl and wounding five other people, officials said. (AP Photo/Anjum Naveed)

މިއަދު ހަވީރުގެ ވަގުތެއްގައި އަފްޣާނިސްތާނަށް އައި 6.4 މެގްނިޓިއުޑް ގެ ބާރުގަދަ ބިންހެލުމުގެ އަސަރު އިންޑިއާ އަށާއި ޕާކިސްތާނަށް ކޮށްފިއެވެ

މި ބިންހެލުމުގެ އަސަރު ޕާކިސްތާނުގެ ލާހޯރް، ފައިސަލްއާބާދު، އޮކާރާ، ސަރްގޮދާ، އިސްލާމްއާބާދު، ރަވާލްޕިންޑީ، ޖްހާންގް، ޝިއްނިއޮޓް، މުއްރީ، ނަރޮވާލް، ޗިތްރަލް އަދި ވާޒިރްއާބާދަށް ވަނީ ކޮށްފައެވެ. މިބިންހެލުމުގެ ސަބަބުން އެ ސަރަޙައްދުތަކުގެ ބިންގަނޑު 15 މިނެޓާއި 20 މިނެޓު ވަންދެން ގުޑާފައިވާ އިރު މި ބިންހެލުމުގެ ސަބަބުން އެ ގައުމަށް އެއްވެސް ގެއްލުމެއް ވެފައިވާކަމުގެ މައުލޫމާތެއް އަދި ލިބިފައެއް ނުވެއެވެ

ޕާކިސްތާނުގެ އިތުރުން ބިންހެލުމުގެ އަސަރު އިންޑިއާގެ ނިއު ދިއްލީ އަށާއި ގުރްގައޮން އަވަށަށް ވެސްވަނީ ކޮށްފައެވެ. މީގެ އިތުރުން އެ ގައުމުގެ ޖާއްމޫ، ޕަންޖާބް، ހަރިޔާނާ އަދި ޗަންދިގަރް އަށް ވެސް ބިންހެލުމުގެ އަސަރުކޮށްފައެވެ

މި ބިންހެލުމުގެ އަސަރު އެންމެ ފުރަތަ އަފްޣާނިސްތާން- ތަޖިކިސްތާން ބޯޑަރާއި ދިމާލަށް އައި އިރު، މި ބިންހެލުމުގައި އެސަރަޙައްދުން111.9 ކިލޯމީޓަރު އަޑިން ބިންގަނޑު ކަނޑައިގެން ގޮސްފައިވާކަމަށް ޔުނައިޓެޑް ސްޓޭޓްސް ޖިއޮލޮޖިކަލް ސަރވޭ އިން ވަނީ ބުނެފައެވެ