English Edition
Dhivehi Edition

​އިންޑިޔާގެ މަޝްހޫރު އެކްޓްރެސް އަދި ނެށުންތެރިޔާ ޝެފާލީ ޖަރިވަލާ 42އ ކުއްލިގޮތަކަށް މަރުވެއްޖެއެވެ.

ޖޫން 27 ވަނަރޭ އޭނާ ކުއްލިޔަކަށް ހަބަރު ހުސްވުމުން ފިރިމީހާ ޕަރާގް އާއި އިތުރު ދެ މީހަކުވެގެން އޭނާ ހޮސްޕިޓަލަށް ގެންދިޔައެވެ. ނަމަވެސް ހޮސްޕިޓަލަށް ގެންދިޔަ އިރުވެސް ޝެފާލީ މަރުވެފައިވާ ކަަމަށް އެހޮސްޕިޓަލާ ހަވާލާދީ ނޫސްތަކުގައި ބުނެފައި ވެއެވެ.

ޝެފާލީ މަރުވީ ހާޓްއެޓޭކެއް ޖެހިގެން ކަން ހޮސްޕިޓަލުން ޔަގީން ކޮށްފައިވާއިރު އޭނާގެ ޕޯސްޓް މޯޓަމް އެއް ހެދުމަށް މިހާރު އެހެން ހޮސްޕިޓަލަކަށް ގެންގޮސްފައިވާ ކަމަށް ހަބަރުތައް ބުނެއެވެ.

މުމްބާއީ އަށް އުފަން ޝެފާލީ ކިޔެވުން ނިންމުމަށްފަހު އެކްޓުކުރުމުގެ ދާއިރާ އަށް ވަނެވެ. އޭނާ މަޝްހޫރުވީ 2000 ވަނަ އަހަރު ކުޅުނުލަވަ ‘ކާޓާ ލަގާ’ އިންނެވެ.

ޝެފާލީ ކުރިން ކައިވެންޏެއް ކޮށް އެކައިވެނި ރޫޅުމަށްފަހު ޕަވިތްރަ ރިޝްތާގެ އެކްޓަރ ޕަރަގް ތަޔާގީ އާއި ކައިވެނިކުރި އެވެ. ޝެފާލީ މަރުވިއިރު 2014 ވަނަ އަހަރު ޕަރަގް އާއި ދެމީހުން ކުރި ކައިވެންޏަށް ދަރިއަކު ލިބިފައި ނުވެއެވެ.

އެކްޓުކުރުމަށް އަދި ނެޝުމަށް މަޝްހޫރު ޝެފާލީ ބިގްބޮސް 13 އަދި ނަޗްބަލިޔޭ ފަދަ ރިޔަލިޓީ ޝޯވްތަކުން ފެނިފައި ވެއެވެ. ޝެފާލީ އެންމެ ފަހުން ފެނިފައި ވަނީ އިންޑިއަން ޝޯވް ‘ ރޮމޭންޓިކް ހޮރޯރ ފެންޓަސީ ‘ ސީރީސް އިން 2024 ވަނަ އަހަރުއެވެ.

1 ކޮމެންޓް
ގަޅިބެ
ޖޫން 28, 2025
!އިސްލާމްނުވެހެއްޓާ އެކަބުލޭގެވެސް އެދިއައީއެވެ އޭމިހިރަދިދަޔާއެވެ މޯދީއަށް ތައުޒިޔާކިޔާށެވެ!