English Edition
Dhivehi Edition

އުއްތަމަ ފަނޑިޔާރު އަބުދުﷲ ސައީދާއި ސުޕްރީމްކޯޓުގެ ފަނޑިޔާރު އަލީ ހަމީދުގެ މައްޗަށް، ފަނޑިޔާރުންނަށް ނުފޫޒު ފޯރުވި މައްސަލައިގެ ހުކުމް ކުރުމަށް ބާއްވާ އަޑުއެހުން އާއްމުކޮށް ހުޅުވާލައިގެން ބާއްވަން ނިންމައިފިއެވެ

މިރޭ 8:00 ގައި ބާއްވަން ހަމަޖެހިފައިވާ މި ޝަރީއަތް ފަނޑިޔާރު އަލީ ހަމީދަށް ދިމާވީ ސިއްހީ ކުއްލި މައްސަލަ އެއްގެ ސަބަބުން މިރޭ 9:30 ވަނީ ފަސްކޮށްފައެވެ. މި މައްސަލައިގެ ޝަރީއަތުގެ އަޑުއެހުންތައް ސިއްރުން ބާއްވާފައިވާއިރު ދެ ފަނޑިޔާރުންނާ ދެކޮޅަށް ހުށަހަޅާފައިވަނީ ސިއްރު ދެ ހެއްކަކާއި ކޯޓު އަމުރުތަކެކެވެ

މި މައްސަލައިގެ ބައެއް ސިއްރު ބަޔާންތައް ސޯޝަލް މީޑިއާގައި ލީކުކޮށްލާފައިވާއިރު މި މައްސަލަވެސް ފުލުހުންދަނީ ތަހުގީގު ކުރަމުންނެވެ

މި ދެބޭފުޅުންގެ މައްޗަށް ވަނީ އަދުލު އިންސާފު ގާއިމުކުރުމަށް ހުރަސް އެޅުމުގެ ދައުވާ އާއި ރިޝްވަތު ހިފުމުގެ ދައުވާ ކޮށްފަ އެވެ. އަދި އުއްތަމަ ފަނޑިޔާރުގެ މައްޗަށް ދައުލަތުގެ މަސައްކަތަށް ހުރަސް އެޅުމުގެ ދައުވާ ވެސް ވަނީ ކޮށްފަ އެވެ.