English Edition
Dhivehi Edition

ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު އޭނާގެ ޕާޓީ ކަމަށްވާ ޖުމްހޫރީ ޕާޓީއިން ވަކިވެއްޖެއެވެ.

މީގެ ކުރިން ރިޔާސީ އިންތިޚާބުގައި ވާދަ ކުރައްވަން ނިންމަވާފައިވާ ކަމަށް ވިދާޅުވެފައިވާ އުމަރު ނަސީރު ޖުމްހޫރީ ޕާޓީއިން ވަކިވީ އަމިއްލަ ގޮތުން ރިޔާސީ އިންތިޚާބުގައި ބައިވެރިވެވަޑައިގަތުމަށެވެ.

އުމަރު މިއަދު ދިވެހި އޮންލައިން ނޫސް އަވަސް އަށް ފޮނުއްވި މެސެޖެއްގައި އަމިއްލަ ގޮތުން ރިޔާސީ އިންތިހާބުގައި މިހާރު ވާދަކުރަން ނިންމަވާފައިވާ ކަމަށާއި އެހެން ކަމުން ޖޭޕީގެ މެންބަރުކަމުން އޭނާ މިއަދު ވަކިވެ ވަޑައިގަންނަވަން ނިންމަވާފައިވާ ކަމަށް ވެސް ވިދާޅުވެފައިވާ ކަމަށް އެނޫހުގައި ބުނެފައިވެއެވެ.

އުމަރު ނަސީރުގެ ފުރަތަމަ ކެމްޕެއިން ވަޢުދު ވަނީ އާންމު ކުރައްވާފައެވެ. މި ވަޢުދު އާންމުކުރީ ފޭސްބުކްގައި ވީޑިއޯ މެސެޖަކުންނެވެ. އެ މެސެޖުގައި ބުނެފައިވަނީ ބޯހިޔާވަހި ކަމުގެ މައްސަލަ އަކީ ކޮންމެ ސަރުކާރަކުން ވެސް ވިޔަފާރިއަކަށް ހަދާފައިވާ ކަމަށެވެ. އަދި އެކަން ހުއްޓުވައި ގެދޮރުގެ ކުލި ބޮޑުތަނުން ކުޑަކުރާނެ ކަމަށް އުމަރު ވައުދުވެ ވަޑައިގެންނެވި އެވެ. އެގޮތުން “ހެޔޮހިޔާ” ވައުދުގެ ދަށުން ގެދޮރުގެ މައްސަލަ ހައްލުކުރަން ކޮންމެ އަހަރަކު ވެސް ތިން ބިލިއަން ރުފިޔާ އޭނާގެ ސަރުކާރެއްގައި ހަރަދު ކުރައްވާނެ ކަމަށް އުމަރު ވަނީ ވިދާޅުވެފަ އެވެ މިއަދުން ފެށިގެން އަޅުގަނޑު ޖޭޕީއިން ވަކިވެއްޖައިން. އަޅުގަނޑު އިންތިހާބުގައި ވާދަކުރާނީ އަމިއްލަ ގޮތުން،” އުމަރު ފޮ ނުއްވި މެސެޖްގައިވެ އެވެ”.