English Edition
Dhivehi Edition

ކެއިން ބުއިމުގެ ބާވަތްތައް އަބަދުވެސް އެތެރެކުރަނީ ހެލްތު މިނިސްޓްރީއާއި މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީގެ މިންގަނޑުތަކަށް ފައްތައިގެން ކަމަށް ސަރުކާރުގެ ވިޔަފާރި ކުންފުނި، އެސްޓީއޯ އިން ބުނެފި އެވެ

އެސްޓީއޯއިން މުއްދަތު ހަމަވެފައިވާ ބިސް ވިއްކަމުންދާ ކަމަށް ބުނެ ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވާހަކަތަކާއި ގުޅިގެން އެސްޓިއޯ އިން މިއަދު ނެރުނު ބަޔާނުގައި ބުނެފައިވަނީ މުއްދަތު ހަމަވެފައިވާ ކާއެއްޗެއް އެ ކުންފުނިން ނުވިއްކާނެ ކަމަށެވެ. އަދި އެސްޓީއޯއިން މިއަހަރު ރާއްޖެ އެތެރެކޮށް ވިއްކަމުންދާ ބިހަކީ މިނިސްޓްރީ އޮފް ހެލްތް އިން 2017 ނޮވެމްބަރު 13 ވަނަ ދުވަހު އާންމުކުރި އިއުލާނާ އެއްގޮތަށް އެތެރެކޮށްފައިވާ ބިސް ކަމަށް އެސްޓިއޯ އިން ވަނީ ބުނެފައެވެ

މި ބަޔާނުގައި ބުނެފައިވަނީ މިއަހަރުގެ ޖަނަވަރީ 15 އިން ފެށިގެން ރާއްޖެ އެތެރެކުރާ ބިސް، ޓްރީމަންޓެއް ނުދީ އަދި ފިނި ނުކޮށް އިމްޕޯޓްކޮށް ވިއްކަން ބަހައްޓަންވާނީ ކުކުޅުބިސް އުފެއްދި ތާރީހުން ފެށިގެން އެންމެ ގިނަވެގެން 28 ދުވަހުގެ މުއްދަތައްކަށެވެ.އަދި މި 28 ދުވަހުގެ ތެރެއިން ބިސް އެތެރެކޮށް ގުދަންކުރުމަށް 7 ދުވަސް ނަގާނެކަމަށާއި ބާކީ އޮންނަ 21 ދުވަހަކީ ބިސް ވިއްކުމަށް ބަހައްޓަންލިބޭ ދުވަސްތަކެއް ކަމަށެވެ.

މިނިސްޓްރީ އޮފް ހެލްތް އިން 2017 ވަނަ އަހަރު އާންމުކޮށް އިއުލާން ކޮށްފައިވާ ގޮތުން ކުކުޅުބިސް ފިނިކޮށް ބަހައްޓަންވަނީ އުފެއްދި ތާރީހުން ފެށިގެން އެންމެ ދިގުވެގެން ތިން މަސް ދުވަހުގެ މުއްދަތަށެވެ.

ޓެގު