English Edition
Dhivehi Edition

އިނގިރޭސި ޕްރިމިއަ ލީގުގައި ރޭ މިސީޒަންގައި އާސެނަލްއިން އެކުލަބް އާއި ގުޅުނު ފުރާންސްގެ ފޯވާޑް އޮލިވާ ޖިރޫޑް ކާމިޔާބު ކުރި ހަމަ އެކަނި ލަނޑުން ލިވަޕޫލް ބަލިކޮށް ޕްރިމިއަރ ލީގުގެ ގަދަ ހަތަރެއްގެ އުއްމީދު ޗެލްސީ އިން އާކޮށްފިއެވެ.

ލީގުގައި ރޭ ޗެލްސީ ހޯދި މި މޮޅާ އެކު 69 ޕޮއިންޓާ ޗެލްސީ ލީގުގެ ފަސްވަނާގައި އޮތްއިރު ހަތަރުވަނައިގައި 71 ޕޮއިންޓާ އެކު އޮތީ ޓޮޓެންހަމްއެވެ. މިރޭ ޗެލްސީ އަތުން ބަލިވި ލިވަޕޫލް އޮތީ 72 ޕޮއިންޓާ އެކު ލީގުގެ ތިންވަނައިގައެވެ.

ޕްރިމިއަ ލީގުގެ ގަދަ ހަތަރު ޓީމްއަށް ޗެމްޕިއަންސް ލީގުން ޖާގަ ލިބޭއިރު ގްރޫޕް ސްޓޭޖްއަށް ކޮލިފައިވާނީ ގަދަ ތިން ޓީމްއެވެ.އަދި ހަތަރުވަނަ އަށް ދާ ޓީމް ޖެހޭނީ ޕްލޭ އޮފް ކުޅެގެން ގުރޫޕް ސްޓޭޖުން ޖާގައެއް ހޯދާށެވެ.

ޗެލްސީގެ ދަނޑުގައި ކުޅުނު މި މެޗުގެ ހަމައެކަނި ގޯލު އެޓީމަށް މެޗުގެ 32 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ އޮލިވިއޭ ޖިރޫއެވެ. އޭނާ މި ލަނޑު ކާމިޔާބުކުރީ މޯސެސް ނަގައިދިން ހުރަހަކުން ބޮލުން ގޯލައަށް ފޮނުވައިގެންނެވެ.

މި މޮޅާއެކު ގަދަ ހަތަރެއްގެ އުއްމީދު ޗެލްސީ އިން އާކުރިއިރު ލީގުގައި އެޓީމަށް ބާކި ދެމެޗު އޮތް އިރު ދެން ލީގުގައި އެޓީމު ދެން ބައްދަލުކުރާނީ ހަޑަލްސްފީލްޑްއާއެވެ.