ސްޕެނިޝް ލީގުގައި ރޭ ވާދަވެރި ދެ ކްލަބު ކަމަށްވާ ބާސެލޯނާ އާއި ރެއާލް މެޑްރިޑް ބައްދަލުކުރި މެޗު އެއްވަރުވެގެން ނިމިއްޖެއެވެ.
އެލް ކްލެސިކޯގެ ނަމުން މަޝްޙޫރުވެފައިވައިވާ މިދެޓީމް ބައްދަލު ކުރި ވާދަވެރި މި މެޗު ނިމިގެންގޮސްފައިވަނީ 2-2 ލަނޑު އެއްވަރުވެގެންނެއެވެ.
އަދި މިސީޒަންގައި ލީގުގައި ކުޅުނު އެއްވެސް މެޗަކުން ބަލިވެފައި ނުބާ ބާސެލޯނާ ރޭގެ މެޗަށް ނިކުތްއިރު ވެސް ލީގު ޗެމްޕިއަންކަން ކަށަވަރުވެފައިވާއިރު މިމެޗު އެއްވަރު ވުމުން ބާސާ މިހާރު އޮތީ 87 ޕޮއިންޓާ އެކުއެވެ. ދެވަނައިގައި 75 ޕޮއިންޓާ އެކު އެތްލެޓިކޯ މެޑްރިޑް އޮތްއިރު އެންމެ ފަހުގެ ޗެމްޕިއަން ރިއަލްމެޑްރިޑް އޮތީ 72 ޕޮއިންޓާ އެކު ލީގުގެ ތިންވަނައިގައެވެ.
ބާސާގެ ކޭމްޕްނޯގައި ރޭ ކުޅުނު މި މެޗުގެ 10 ވަނަ މިނެޓްގައި ލުއިސް ސުއަރޭޒްގެ ލަނޑުން މެޗުގެ ލީޑު ބާސާއިން ނެގި ނަމަވެސް އޭގެ ހަތަރު މިނެޓްފަހުން ކްރިސްޓިއާނޯ ރޮނާލްޑޯ ވަނީ ރެއާލް އަށް ނަތީޖާ ހަމަހަމަކޮށްދީފައެވެ.
ރޭގެ މެޗުގައި ދެ ޓީމްގެ ފަރާތުން ވަރުގަދަ މޮޅު ކުޅުމެއް ފެނިގެން ދިޔަ ނަމަވެސް ފުރަތަމަ ހާފްގެ ފަހުކޮޅު ދެ ޓީމުގެ ފަރާތުން ވެސް ގިނަ ފައުލްތަކެއް ފެނިގެން ދިޔުމުގެ ނަތީޖާއެއްގެ ގޮތުން ރެފްރީ ވަނީ ބާސާގެ ސާޖީ ރޮބާޓޯ އަށް ރަތްކާޑު ދައްކާ ދަނޑުން ފޮނުވާލާފައެވެ.
ރޭގެ މެޗުގައި އަނިޔާގެ ސަބަބުން ރިއާލްމެޑްރިޑްގެ އެންމެ މުހިންމު ކުޅުންތެރިޔާ ރޮނާލްޑޯ ދެވަނަ ހާފްގައި ކުޅުން ނުކުމެފައި ނުވާއިރު ރޭގެ މެޗުގެ ދެވަނަ ހާފް 10 ކުޅުންތެރިންނާ އެކު ކުޅެން ނިކުތް ބާސާއިން ވަނީ މެޗުގެ 52 ވަނަ މިނެޓްގައި ދެވަނަ ފަހަރަށް ލީޑު ނަގާފައެވެ. މި ލަނޑު ސުއަރޭޒް ދިން ޕާހަކުން މި ގޯލު ބާސާ އަށް ކާމިޔާބުކޮށްދިނީ ލިއޮނަލް މެސީއެވެ.
ބާސެލޯނާއިން މެޗުގެ ލީޑު ދެވަނަ ފަހަރަށް ނެގުމާއި އެކު ރިއަލްއިން ވަނީ ކުޅުން ރަނގަޅުކޮށް ކާރި ކާރީ ބާސެލޯނާގެ ގޯލަށް ގިނަ ހަމަލާތަކެއް އުފައްދަން މަސައްކަތް ކޮށްފައެވެ.ނަތީޖާއެއްގެ ގޮތުން މެޗުގެ 72 ވަނަ މިނެޓްގައި ގެރެތް ބޭލް ވަނީ ރެއާލް އަށް ނަތީޖާ އެއްވަރުކޮށްދީފައެވެ.
ލީގުގައި އެއްވެސް މެޗަކުން ބަލިވެފައި ބާސެލޯނާ ބަލިވެފައި ނުވާއިރު ދެން ބާސެލޯނާއަށް ބާކީ އޮތީ ތިން މެޗެއެވެ.