English Edition
Dhivehi Edition

މިނިވަންކަޕް2017′ ގައި ރޭ ކުޅުނު ދެވަނަ މެޗު އޭޓީ ސްޕޯޓްސް އިން ކާމިޔާބުކޮށްފިއެވެ. ހުޅުދޫ ފުޓްސެލް ދަނޑުގައި ކުޅުނު މި މެޗު އޭޓީ އިން ކާމިޔާބުކުރީ ހުޅުދޫ ޔޫތު އާއި ބައްދަލުކޮށް 6 ލަނޑު 3 ލަނޑުންނެވެ. މި މެޗުގެ ތިންވަނަ މިނިޓްގައި އޭޓީއިން ވަނީ މެޗުގެ ފުރަތަމަ ލަނޑު ކާމިޔާބުކޮށްދީފައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީއަބްދުއްﷲ ޝާފިއު(ޝާއްޕެ)އެވެ. މި ލަނޑާއެކު ހުޅުދޫ ޔޫތުއިންވެސް ވަނީ އޭޓީގެ ޑިފެންސް ލައިން ފޫއަޅުވާލުމަށްފަހު ގިނަ ހަމަލާތަކެއް އުފައްދާފައެވެ. މި މެޗުގައި އޭޓީއަށް ކާމިޔާބުކުރެވުނު ދެވަނަ ލަނޑަކީ ލިބުނު ޕެނެލްޓީއަކު ޝާއްޕެ ކާމިޔާބުކޮށްދިން ލަނޑެކެވެ. އޭޓީގެ ދެވަނަ ލަނޑާއެކު ހުޅުދޫ ޔޫތުއިން އެ ޓީމުގެ ކުޅުން ވަނީ ރަގަޅުކޮށްފައެވެ. މި ގޮތުން ހުޅުދޫ ޔޫތުގެ އަބްދުއްﷲ ވާހިދު މެދު ރޯގާހަމައިން ފޮނުވާލި ބޯޅަ ގޯލަށް އަމާޒުވެ އެ ޓީމުންވަނީ ލަނޑެއް ކަމިޔާބުކޮށްފައެވެ. މެޗުގެ ދެވަނަ ހާފުގައި ތާއިފު ފޮނުވާލި ބޯޅަ ލީވާން ބޮލުން ޖަހާ ގޯލަށް އަމާޒުކޮށްވަނީ މެޗުގެ ނަތީޖާ ހަމަހަމަކޮށްފައެވެ. ލީވާންގެ ލަނޑާއެކު މެޗު އިތުރަށް ފޮރި ގަދަވެ ދެ ޓީމުންވެސް މެޗު ކާމިޔާބުކުރުމަށް ވަނީ މަސައްކަތްކޮށްފައެވ. މެޗުގެ ތިންވަނަ ގޯލު އޭޓީގެ ޝާއްޕެ އެ ޓީމަށް ކާމިޔާބުކޮށްދިނުމާއެކު ހުޅުދޫ ޔޫތުގެ މުހައްމަދު ޒުބައިރުވެސް ވަނީ އިތުރު ގޯލެއް ކާމިޔާބުކޮށް ދީފައެވެ. ތިނެއް ތިނެއްގެ ނަތީޖާއަކާއެކު މުރިއަށް ދިޔަ މި މެޗުގައި 31 ވަނަ މިނިޓްގައި އޭޓީގެ ޝާއްޕެ ޖެހި ލަނޑާއެކު އެ ޓީމުން ވަނީ ޑިފެންސް ވަރުގަދަކޮށް ޔޫތުއަށް އިތުރު ލަނޑެއް ޖަހާނެ ފުރުސަތެއް ނުދީ ހިފަހައްޓާފައެވެ. މި މެޗުގައި އޭޓީ ގެ ހުސެއިން ޝަރީފު(އޮންލީ) އާއި މުހައްމަދު ސިޔާމު ޖެހި ލަނޑާއެކު އެ ޓީމުން ވަނީ މެޗުގެ ލީޑު ފުޅާކޮށްފައެވެ. މި މެޗު ނިމެން އެއް މިނިޓަށް ވެފައިވަނިކޮށް ހުޅުދޫ ޔޫތުގެ ޒުބެއިރުއަށް ވަނީ ވަރަށް ބޮޑަށް އަނިޔާވެފައެވ މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ އޭޓީ ސްޕޯޓްސް އަށް ހަތަރު ގޯލު ކާމިޔާބުކޮށްދިން ޝާއްޕެއެވެ މި މުބާރާތުގައި ވާދަކުރާ އެންމެ އުމުރުން ހަނގު ކުޅުންތެރިން ހިމެނޭ ހުޅުދޫ ޔޫތުއިން ވަނީ ކުޅުނު ހުރިހާ މެޗެއްގައިވެސް ފާހަގަކޮށްލެވޭފަދަ މޮޅު ކުޅުމެއް ދައްކާފައެވެ. އޭޓި ސްޕޯޓްސްއިން ވަނީ މި މުބާރާތުން ކުޅުނު ހުރިހާ މެޗަކުން މޮޅުވެފައެވެ. މި މުބާރާތުގައި މިއަދު ހަވީރު ކުޅޭ ފުރަތަމަ މެޗުގައި ބައްދަލުކުރަނީ މަންތަރައާއި ރިސޯޓް ބޯއިސްއެވެ. މިރޭ ކުޅޭފުރަތަމަ މެޗުގައި ސައުތު ބްލޫސް އާއި މަރަދޫ އެފްސީ ބައްދަލުކުރާއިރު މިއަދުގެ ތިންވަނަ މެޗުގައި ބައްދަލުކުރާނީ ފްރެންޑްސް ކްލަބާއި ހުޅުދޫ ޔޫތެވެ.