English Edition
Dhivehi Edition

ރަބީއުލް ޤުލޫބް ފައުންޑޭޝަންގެ 2018 ވަނަ އަހަރުގެ އަހަރީ ޖަލްސާ ބާއްވައިފި އެވެ.

މަރަދޫ އިރުޝާދިއްޔާ ސްކޫލް ހޯލުގައި ރޭ ބޭއްވި މިޖަލްސާ ޝަރަފްވެރި ކޮށްދެއްވީ ޖައްމިއްޔަތުލް ސަލަފްގެ ރައީސް އައްޝެއިޙް އަބްދުﷲ ބިން މުޙައްމަދު އިބްރާހީމެވެ. މިޖަލްސާގައި ޖައްމިއްޔަތުލް ސަލަފްގެ އޮޕަރޭޝަންސް މެނޭޖަރ އަލްޤާރީ އަލީ ރަމީޒްވެސް ބައިވެރި ވަޑައިގެންނެވިއެވެ.

ރޭގެ މިޖަލްސާ ގައި މިފައުންޑޭޝަންގެ ދަށުން ހިންގާ ތަދްރީސުލް ޤުރުއާންގެ ލެވެލް 4 އަދި ލެވެލް 5 ނިންމި ދަސްވެނިންނަށް ށާއި ރަބީޢުލް ޤްލޫބް ފައުންޑޭޝަނާއި ޤުރުއާނާބެހޭ މަރުކަޒާ ގުޅިގެން ހިންގި ޤާރީ ލެވެލް 1،2 ނިންމި ދަސްވެނިންނަށް ސެޓްފިކެޓް ހަވާލު ކޮށްފައިވެއެވެ.

އަދި ޤާރީ ލެވެލް 1،2 ނިންމި ފިރިހެން ނުވަ ބައިވެރިން، އިމާމް ސެޓްފިކެޓް ލެވެލް 3،4،5 ނިންމި ހަތް ބައިވެރިން، ޤާރީ ލެވެލް 2 ނިންމި 31 އަންހެން، ޤާރީލެވެލް 1 ނިންމި 39 އަންހެން ބައިވރިން ނަށް ސެޓްފިކެޓް ހަވާލު ކުރެވުނެވެ.

މީގެ އިތުރުން ހާފިޒް ކްލާހުގެ އޭޕްރިލް މަހުގެ އިނާމް ދިނުން، ޑެއިލީ ޓާސްކް ފުރިހަމަ ކުރި ދަރިވަރުންނާއި ބޯނަސް މުރާޖާ ކުރުމާއި އާފިލާވަޅު ދަސްކުރުމުގެ ބައިން އިނާމް ހޯދި ދަރިވަރުންނަށް އިނާމާއި ހަނދާނީ ލިޔުން ހަވާލުކޮށްފައި ވެއެވެ.

ރަބީއުލް ޤުލޫބް ފައުންޑޭޝަންގެ ޤާރީ ކޯސްތައް ހިންގީ ޤުރުއާނާ ބެހޭ މަރުކަޒާއި ގުޅުގެންނެވެ. އަދި އިމާމް ކޯސް ހިނގާފައި ވަނީ “އިއުފިއަސް ކޮލެގިއޭޓް” އާގުޅިގެންނެވެ.