English Edition
Dhivehi Edition
ސ.މީދޫ މިސްކިތެއްގައި ޢީދުނަމާދު ކުރަނީ---ފައިލް ފޮޓޯ/ ލުބްނާ އޭއީނިއުސް

މިއަހަރު އައްޑޫގައި ކުރެވޭ ޢަޟްހާ ޢީދުނަމާދުގެ ބޮޑުޖަމާއަތް މަރަދޫ ޕާކްގައި ބާއްވާގޮތަށް ހަމަޖައްސައިފިއެވެ.

މަރަދޫ ޕާކްގައި މިފަހަރު ޢީދު ނަމާދު ބާއްވާގޮތަށް ހަމަޖެއްސީ ޤުރުއާނުގެ އިލްމު ފެތުރުމުގެ މަސައްކަތް ކުރަމުން ދާ ޖަމިއްޔާ އެއްކަމަށްވާ ރަބީއުލް ޤުލޫބް ފައުންޑޭޝަން އާއި ނޫރުލް އިސްލާމް ޖަމިއްޔާ ގުޅިގެން ނެވެ.

ރަބީއުލް ޤުލޫބްގެ ފަރާތުން މައުލޫމާތު ދިންގޮތުގައި 21 އޮގަސްޓް ހެނދުނު 7:30 އިންފެށޭ އީދުނަަމާދަށްފަހު ވަނީ ރައްޔިތުންނަށް ސައެއް ބާއްވާގޮތަށްވަނީ ހަމަޖައްސާފައެވެ. އެހެންކަމުން މިދެފަރާތުން އެދެނީ ވީހާވެސް ގިނަބަޔަކު ޢީދު ނަމާދަށް ޕާކަށް އައުމަށާއި ހެނދުނުގެ ނާސްތާގައި ބައިވެރިވުމެވެ.

ރަބީއުލް ޤުލޫބް ފައުންޑޭޝަން އަކީ ޤުރުއާނުގެ އިލްމު ފެތުރުމުގެ މަސައްކަތް ކުރަމުން ދާ ޖަމިއްޔާ އެކެވެ. މިޖަމިއްޔާއިން ހިންގަމުން ދާ ކަންތައް ތަކުގެ ތެރޭގައި، ތަދްރީސުލް ޤުރުއާންގެ ނަމުގައި ހިލޭސާބަހަށް ކިޔަވައިދޭ ޤުރުއާން ކްލާހެއްހިންގުމާއި ދީނީ ދަރުސް ދިނުމާއި އެކި އެކި ދީނީ ވޯކްޝޮޕް ތައް ހިންގުމުގެ އިތުރަށް އެކި އެކި ކޯސްތައް ހިންގަމުން ދެއެވެ،