English Edition
Dhivehi Edition

އައްޑޫ ސިޓީ މަރަދޫގައި”ކަޕްކޭކް ޑޭ” ގެ ނަމުގައި ކަޕްކޭކް ވިއްކުމުގެ ޕްރޮގްރާމެއް ފެށިގެން ގެން ކުރިއަށް އެބަދެއެވެ.

މިއަދު ކުރިޔަށް މިގެންދާ ކަޕްކޭކް ޑޭ އަކީ ރަބީއުލް ޤުލޫބް ފައުންޑޭޝަންގެ ދަށުން ހިންގާ ޤުރުއާން ކްލާހެއް ކަމަށްވާ ތަދްރީސުލް ޤުރުއާންކްލާހަށް ފަންޑްރައިޒް ކުރުމަށް އެ ފައުންޑޭޝަންގެ ޕީޓީއޭ އެއްކަމަށްވާ މުއައްސަސަތު ރަބީޢިލް ގްލޫބް ގެ ފަރާތުން ބާއްވާ ޕްރޮގަރާމެކެވެ. މިޕްރޮގްރާމް ކުރިޔަށް ގެންދަނީ ތަދްރީސުލް ޤުރުއާން ކްލާސް ކައިރީގައެވެ.

މުއައްސަސަތު ޤުލޫބްގެ ޕީޓީއޭގެ ރައީސާ ޒާހިދާ “އޭައޯ ނިއުސް” އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ ކަޕްކޭކް ވިއްކުމުގެ ޕްރޮގްރާމަކީ ތަދްރީސުލް ޤުރުއާން ކުލާސް ހިންގަނީ ހިލޭސާބަހަށް ކަމަށްވާތީ ފައިސާގެ ދަތިތައް މިވަގުތު ހުރުމާ އެކީ އެކަންތައް ހައްލު ކުރުމަށް ފައިސާބޭނުން ވާތީ ކުރިޔަށް ގެންދާ ޕްރޮގްރާމެއްކަމަށެވެ. ޒާހިދާ އިތުރަށް ވިދާޅުވީ މިހާރު ޤުރުއާން ކްލާސް ހިންގުމަށް ދިމާވާ އެންމެ ބޮޑު ގޮންޖެހުމަކީ ރަށުން ބޭރުން ޤާރީ އިން ގެންނަން ފައިސާ ގެ ދަތިތައް ކުރިމަތި ވުމެވެ.

“ފައިސާގެ ދަތިތައް މިވަގުތު ހައްލު ކުރުމަށް އަޅުގަނޑު މެން މިއަހަރު އެންމެ ފުރަތަމަ ބާއްވާ ޕްރޮގްރާމެއްގެ ގޮތުގައި މިއަދު ވަރަށް ކުލަގަދަ ކޮށް ތަފާތު އެކި ކުލަކުލައިގެ ކޭކް ވިއްކަން ކަޕްކޭކް ޑޭ މިބާއްވަނީ” ޒާހިދާ ވިދާޅުވި އެވެ. ޒާހިދާ ވިދާޅުވީ މިއަދު މިބާއްވާ ކަޕްކޭކް ވިއްކުމުގެ ޕްރޮގްރާމަށް އައްޑޫގެ ގިނަބައެއްގެ ތަރުހީބް ލިބޭނެކަމަށް ވަރަށް ބޮޑަށް އުންމީދު ކުރާކަމަށެވެ .

ރަބީއުލް ޤުލޫބް ފައުންޑޭޝަން އަކީ ޤުރުއާނުގެ އިލްމު ފެތުރުމުގެ މަސައްކަތް ކުރަމުން ދާ ޖަމިއްޔާ އެކެވެ. މިޖަމިއްޔާއިން ހިންގަމުން ދާ ކަންތައް ތަކުގެ ތެރޭގައި، ތަދްރީސުލް ޤުރުއާންގެ ނަމުގައި ހިލޭސާބަހަށް ކިޔަވައިދޭ ޤުރުއާން ކްލާހެއްހިންގުމާއި ދީނީ ދަރުސް ދިނުމާއި އެކި އެކި ދީނީ ވޯކްޝޮޕް ތައް ހިންގުމުގެ އިތުރަށް އެކި އެކި ކޯސްތައް ހިންގަމުން ދެއެވެ.

މިޕްރޮގްރާމް ކުރިޔަށް ދާނީ މިއަދު ހެނދުނު 8:00 އިން ހެންދުނު 10:00 އަށް އަދި މެންދުރު 14:00 އިން މިރޭ 21:00 އަށެވެ.