English Edition
Dhivehi Edition

އަންނަ ހުކުރު ދުވަހުން ފެށިގެން ރޯދަމަސް އަދި ހަ ރޯދަ ނިމެން ދެން ފިހާރަތަކާއި ކެފޭތައް ރޭގަނޑު 11 ޖަހަންދެން ހުޅުވުފައި ބެހެއްޓޭނެ ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެފިއެވެ

އިކޮނޮމިކް މިނިސްޓްރީން ނެރުނު އިއުލާން ގައި ބުނެފައިވަނީ ކެފޭ ރެސްޓޯރެންޓް އަދި ކެންޓީނުތައް ރޯދަ މަހުގެ ފުރަތަމަ ދުވަހުން ފެށިގެން ހަ ރޯދަ ނިމެންދެން މެންދަމު ތިނެއް ޖަހަންދެން ހުޅުވާފައި ބެހެއްޓޭނެ ކަމަށެވެ

ކުރިއަށް އޮތް ރޯދަމަހާ ގުޅިގެން ފިހާރަތަކާއި ކެފޭ ރެސްޓޯރެންޓްތައް ބަންދުކުރާ ގަޑި އިކޮނޮމިކް މިނިސްޓްރީން އިތުރުކޮށްފައިވާއިރު ކޮންމެ ރޯދަ މަހެއްގައި މިގޮތަށް ފިހާރަ ހުޅުވިފައި ހުންނަ ގަޑިތަކަށާއި، ރެސްޓޯރެންޓް ކެފޭ ހުޅުވިފައި ހުންނަ ގަޑިތަކަށް ބަދަލު ގެނެއެވެ