English Edition
Dhivehi Edition
އިކޮނިމިކް މިނިސްޓަރ ފައްޔާޒް އިސްމާއީލް

ރާއްޖޭގައި ދެވޭނެ އެންމެ ކުޑަ މުސާރައަކީ 4500 ރުފިޔާކަމަށް ކަނޑައަޅައިފިއެވެ.

ރާއްޖޭގައި ފުރަތަމަ ފަހަރަށް މިނިމަމް ވޭޖް ކަނޑައަޅައި މިކަން އިއުލާނުކޮށްފައިވަނީ މިހާރު ހޮޓެލް ޖެންގައި މިކަމަށްޓަކައި ކުރިއަށްދާ ރަސްމިއްޔާތުގައެވެ.

މިނިމަމް ވޭޖްގެ ގޮތުގައި ކަނޑައެޅި ދާއިރާތަކުގެ އަދަދުތަކަށް ބަލާއިރު ކުދި ވިޔަފާރިތަކަށް މިނިމަމް ވޭޖްގެ ގޮތުގައި މަހަކަށް 4500ރ ކަނޑައެޅިގެން ދިޔައިރު މެދުފަންތީގެ ވިޔަފާރިތަކަށް 7000ރ ދޭން ކަނޑައަޅާފައިވެއެވެ. އަދި ބޮޑެތި ވިޔަފާރިތަކަށް މަަހަކު 8000ރ ހަމަޖެހުނުއިރު ސިވިލް ސާވިސް މުވައްޒަފުންނަށް ކަނޑައެޅިފައިވަނީ މަހަކު 7000ރ އެވެ.

މިނިމަމް ވޭޖް މިއަދު އިއުލާނުކުރުމަށް ބޭއްވި މި ރަސްމިއްޔާތުގައި އިކޮނޮމިކް މިނިސްޓަރ ފައްޔާޒް އިސްމާއިލް ވިދާޅުވީ ކަނޑައެޅިގެން ދިޔަ އަދަދުތަކަކީ ފުދުންތެރިކަމަށާއި އިގްތިސާދަށް މަންފާ ކުރުމާއެކު ވަޒީފާ އަދާކުރާ ފަރާތަކަށާއި ވަޒީފާ ދޭ ފަރާތްތަކަށްވެސް ހެޔޮ ބަދަލުތަކެއް ލިބިގެންދާނެ އަދަދުތަކެއް ކަމުގައި ގަބޫލުކުރައްވާކަމަށެވެ.