English Edition
Dhivehi Edition

މާދަމާ ފުލުސް އޮފީހަށް ހާޒިރުވާން އަންގައި، ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ދަރިކަނބަލުން ޔުމްނާ މައުމޫން އަށް ޗިޓް ފޮނުވައިފިއެވެ

ޔުމްނާ ފުލުސް އޮފީހަށް ހާޒިރުވުމަށް އަންގާފާއިވަނީ ކޮން މައްސަލައަކާއި ގުޅިގެން ކަން އަދި ސާފުވެފައިނުވާއިރު، ފުލުސް އޮފީހަށް ހާޒިރުވާން ޔުމްނާއަށް އަންގާފައިވަނީ މާދަމާ ހަވީރު 4:00 އަށެވެ

ޔުމްނާ ފުލުސް އޮފީހަށް ހާޒިރުވުމަށް އަންގާފައިވާއިރު، އޭނާގެ ބައްޕާފުޅު މައުމޫން އަބްދުލް ގައްޔޫމް އާއި ކޮއްކޯފުޅު އަހުމަދު ފާރިސް މައުމޫން އަދި ފިރިކަލުން މުހައްމަދު ނަދީމްގެ މައްޗަށް ވަނީ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަން ގާނޫނާ ޚިލާފަށް ވައްޓާލަން މަސައްކަތް ކުރެއްވި ކަމުގެ ތުހުމަތުކޮށްފައެވެ. މި ތިން ބޭފުޅުންގެ މައްޗަށްވެސް ޓެރަރިޒަމްގެ ދައުވާ އުފުލައި ޝަރީއަތް ފަށާފައިވާއިރު މައުމޫން އަބްދުލް ގައްޔޫމް އާއި ނަދީމް ބަންދުކުރިތާ މިއަދަށް ވަނީ ތިން މަސް ފުރިފައެވެ