English Edition
Dhivehi Edition

އައްޑޫގައި ވަކި ދައުލަތެއް އުފައްދަން ކުރީގެ ރައީސް މުހައްމަދު ނަޝީދު އާއި އިތުރު ބަޔަކު މަޝްވަރާ ކުރައްވާ އޯޑިއޯއެއް ސޯޝަލް މީޑިއާގައި ލީކުކޮށްލައިފި އެވެ

ލީކުވެފައިވާ އެ އޯޑިއޯ އަކީ ކޮން އިރެއްގެ އޯޑިއޯއެއް ކަމެއް ސާފުވެފައި ނުވާއިރު އޯޑިއޯގައި ނަޝީދާ އެކު މަޝްވަރާ ކުރަނީ ކޮން ބައެއް ކަމެއް ވެސް ސާފެއް ނުވެ އެވެ

އޯޑިއޯގައި، އައްޑޫގައި ސަރުކާރާ ދެކޮޅަށް ވަރުގަދަ މުޒާހަރާތަކެއް ކުރުމަށް މަޝްވަރާކޮށްފައިވާއިރު އައްޑޫގައި ވަކި ދައުލަތެއް ހަދަން ހިނގާށޭ އޭގެ ތެރެއިން އެކަކު ބުނުމުން ޖަވާބުގައި ނަޝީދު ވިދާޅުވަނީ “ވައްކެއް ނުވެވޭނެ ހަތިޔާރެއް ނެތި” މިހެންނެވެ. އައްޑޫގައި ތިބޭ ސިފައިންގެ އަދަދާ ބެހޭގޮތުން ވެސް ނަޝީދު ސުވާލު ކުރައްވާފައިވާއިރު އައްޑޫގައި ކުރަން ރާވާފައިވާ ކަންތަކުގައި ފުލުހުންނާއި ސިފައިން ބައިވެރި ކުރުވަންޖެހޭ ކަމަށްވެސް ރައީސް ނަޝީދު ވިދާޅުވިއެވެ

މީގެ އިތުރުން، އައްޑޫގައި މުޒާހަރާ ކޮށްފި ނަމަ މާ ބޮޑަށް ނަތީޖާ ނުކުންނާނެ ކަމަށް ވެސް ނަޝީދު އެ އޯޑިއޯގައި ވިދާޅުވެފައިވެއެވެ