English Edition
Dhivehi Edition

ލިޔުނީ: މުހައްމަދު ހިޒްޔަމް ހާމިދް – ސ.އަތޮޅު ސްކޫލް

އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއު ސަރވިސް އިން ސ.އަތޮޅު ސްކޫލުގައި ފަޔަރ އިވެކުއޭޝަން ޑްރިލް އެއް ބާއްވައިފިއެވެ.

މި ފަޔަރ އިވެކުއޭޝަން ޑްރިލް ކުރިއަށް ގެންގޮސްފައިވަނީ އިއްޔެ ހެނދުނު 10:30 ގައެވެ.

މި ފަޔަރ އިވެކުއޭޝަން ޑްރިލްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފިނަމަ ޢަމަލު ކުރަންޖެހޭނެ ގޮތްތައް އަމަލީ ގޮތަކުން ވަނީ ފަރިތަކޮށްފަ އެވެ. މިގޮތުން އަލިފާނުގެ ހާދިސާއެއް ހިނގައިފި ޙާލަތެއްގައި، ސްކޫލުގައި އެވަގުތު ތިބި ދަރިވަރުން ސަލާމަތްތެރި ހިސާބަކަށް ގެންދާނެ ގޮތްތައް ފަރިތަކޮށްފައިވެއެވެ. އަދި އެފަދަ ހާދިސާއެއްގައި ގެއްލުންވާ ދަރިވަރުންނަށާއި މުދައްރިސުންނަށް ފަސްޓް އެއިޑް ދޭނެ ގޮތްތައްވެސް ވަނީ ފަރިތަކޮށްފައެވެ. މި ފަޔަރ އިވެކުއޭޝަން ޑްރިލްގައި އެ ސްކޫލުގައި ކިޔަވާ ދަރިވަރުންނާއި ޓީޗަރުންގެ އިތުރުން އެ ސްކޫލުގައި މަސައްކަތްކުރާ މުވައްޒަފުން ވަނީ ބައިވެރިވެފައިވެއެވެ.

އިއްޔެ ހިންގި ފަޔަރ އިވެކުއޭޝަން ޑްރިލްގެ ކުރިން، ފަޔަރ އެންޑް ރެސްކިއު އިން ވަނީ މިކަމާ ގުޅޭ ގޮތުން މަޢުލޫމާތު ދިނުމާއި ފަޔަރ އިވެކުއޭޝަން ޑްރިލް ކުރިއަށްގެންދިއުމަށް ހަދާފައިވާ ޕްލޭން ކުރިއަށް ގެންދާނެ ގޮތްތަކާބެހޭ ކުލާސްތަކެއް ސ.އަތޮޅު ސްކޫލުގެ ޓީޗަރުންނަށާއި މުވައްޒަފުންނަށް ހިންގާފައެވެ.

މި ފަޔަރ އިވެކުއޭޝަން ޑްރިލްގައި މުދައްރިބުންގެ ގޮތުގައި ހަރަކާތްތެރިވެފައިވަނީ އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއު ސަރވިސްގެ ބޭފުޅުންނެވެ.

މިއީ އަލިފާނުގެ ހާދިސާއެއް ހިނގައިފިނަމަ ޢަމަލު ކުރަންޖެހޭނެ ގޮތްތައް ދަސްކޮށްދިނުމުގެ މަޤްޞަދުގައި ހިންގޭ ޑްރިލްތަކެކެވެ.