English Edition
Dhivehi Edition

ގއ. ދެއްވަދޫ އިން ޒުވާން އަންހެން ކުއްޖަކު ގެއްލިގެން ހޯދަން ފަށައިފި އެވެ.

މީސްމީޑިއާ ގައި އައިޝަތު މުހައްމަދު (ކުއްޖާގެ މަންމަ) ލިޔެފައި ވާޕޯސްޓެއްގައި ބުނެފައިވަނީ ގެއްލިގެން ހޯދާ ކުއްޖާގެއްލިފައި ވަނީ ރޭގެ ވަގުތެއްގައި ކަމަށެވެ. އަދި އޭނާ ރޭ އެންމެ ފަހުން ފެނިފައި ވަނީ ހަމައެރަށު އާލިމް ކިޔާކުއްޖަކާ އެކުގައި ކަމަށެވެ. އެޕޯސްޓަގައި އައިޝަތު މުހައްމަދު ބުނެފައިވަނީ މިކުއްޖާ ހޯދުމަށް އެންމެންގެ އެއްބާރުލުން ބޭނުންވާކަމަށެވެ. އަދި އެކުއްޖާ އާބެހޭ އެއްވެސް މައުލޫމާތެއް ލިބިއްޖިއްޔާ މަންމަ އައިޝަތު މުހައްމަދު އަދި ބައްޕަ މުހައްމަދު ހަމީދށް ގުޅުމަށް ބުނެފައި ވެއެވެ. ނަމަވެސް އަޅުގަނޑުމެންގެ ނިއުސްޓީމް އިން މިހާތަނަށް ފޭސްބުކް ޕޯސްޓްގައިވާ ނަންބަރަށް ގުޅޭގޮތް ނުވުމުން މިހަދިސާގެ އިތުރު ތަފްސީލް ލިބޭގޮތޮ ވަނީ ނުވެފައެވެ.

އޭއޯ ނިއުސް އަށް މައުލޫމާތު ލިބިފައި ވާގޮތުގައި ގެއްލިގެން ހޯދަމުންދާ ކުއްޖާ ވަނީ ލޯބިވެރިއާ އާއި އެކު އެހެން ގެއަކަށް ބަދަލު ވެފައެވެ. އަދި އެކުއްޖާ ލޯބިވެރިޔާއާއި އެކު ގޮސްފައިވަނީ މައިންބަފައިން ކައިރީ ބުނެފަކަމަށްވެސް އެނގިފައިވެއެވެ. ދެއްވަދޫއިން ވާހަކަ ދެއްކި މީހަކު ބުނެފައި ވާގޮތުގައި އެކުއްޖާ ލޯބިވެރިޔާ އާއި އެކު ދިޔަމައްސަލަ އާއިލާއިން ވަނީ ފުލުހަށްވެސް އަންގާފައެވެ.

މިހާދިސާ އާގުޅިގެން ފުލުހުންގެ ބަހެއް ލިބޭގޮތް އަދިވަނީ ނުވެފައެވެ.