މި ހިނގާ މޭ މަހުގެ 8 ވަނަ ދުވަހު ކައިވެނި ކުރަން ތައްޔާރު ވަމުންދާ ބޮލީވުޑްގެ މަޝްހޫރު ތަރި އަނިލް ކަޕޫރުގެ ދަރިފުޅު ސޯނަމް ކަޕޫރު އަދި އޭނާގެ ލޯބިވެރިޔާ އާނަންދު އަހޫޖާގެ ކައިވެނީގެ ދައުވަތު ކާޑުތައް ބަހަން ފަށައިފިއެވެ.
ރިޕޯޓްތައް ބުނާގޮތުން އެންމެ ފުރަތަމަ މި ދަޢުވަތުތައް ދެވިފައިވަނީ ގާތްތިމާގެ މީހުންނަށާއި އެކުވެރިންނަށެވެ. މި ބޮޑު ކައިވެނީގެ ރަސްމިއްޔާތުގައި ބޮލީވުޑްގެ ރަސްގެފާނު އަމީތާބް ބައްޗަން، ރަންބީރް ކަޕޫރު އަދި ވަރޫން ދަވަން ފަދަ މަޝްހޫރު ތަރިން ބައިވެރިވާނެ ކަމަށް ބެލެވޭ ކަމަށް ވެސް ރިޕޯޓްތައް ބުނެއެވެ.
އިންޑިޔާގެ ސަޤާފީ ގޮތަކަށް ކުރިޔަށް ގެންދަން ހަމަޖެހިފައިވާ މި ކައިވެނި ކުރަން ހަމަޖެހިފައިވަނީ ސޯނަމް ގެ ބޮޑުދައިތަ ކަވީތާ ސިންގްގެ ގޭގައި ކަމަށް ވެއެވެ. އަދި ޕާޓީ ބޭއްވުމަށް ނިންމާފައިވަނީ އެ ސިޓީގެ ފަސްތަރީގެ ރެސްޓޯރެންޓެއްގައެވެ. ސޯނަމްގެ ދެބޭންގެ ދެދަރި ކޮއްކޮމެން މި ޕާޓީގައި ހުށަހެޅުންތައް ގެނެސްދޭ ގޮތަށް ވަނީ ހަމަޖެހިފައެވެ.
ޕާޓީއަށް އަންނަ ފަރާތްތަކުން އަންނަ ކާރު ތަކުގައި ޖެހުމަށް ސްޓިކާތައް ވެސް ދަނީ ފޮނުވަމުން ކަމަށް ރިޕޯޓްތައް ބުނެއެވެ.
ސޯނަމްގެ ސަޕޯޓަރުން ކެތްތެރިކަމެއްނެތި ކުރަމުންދާ އިންތިޒާރަށް މި މަހުގެ 8 ވަނަ ދުވަހު ނިމުން އަންނާނެއެވެ. ކައިވެނީގެ ގޮށް ޖަހާލުމަށްފަހު ވެސް މިހާރު ފެންނަ ގޮތަށް ސޯނަމް ފެނުމަކީ ސަޕޯޓަރުން އެދޭ ގޮތެވެ.