English Edition
Dhivehi Edition

ހައިރައިޒުން އިންތިޒާމުކޮށްގެން ބޭއްވި ވެކޭޝަންސް އެކްސޕޯގައި މުސާފިރީން އުމްރާ ގްރޫޕުން ހުށަހެޅި އުމްރާ ދަތުރުގެ ނަސީބުވެރިއަކަށް އައްޑޫ ސިޓީ ހުޅުދޫ މީހަކު ހޮވިއްޖެއެވެ. މިލިއަނެއްހާ ރުފިޔާގެ އަގުހުރި ޓްރެވަލް އިނާމުތަކާ އެކު ކުރިއަށް ދިޔަ ވެކޭޝަންސް އެކްސްޕޯގައި އުމުރާދަތުރު ލިބިފައިވަނީ އައިޝަތު ދީދީ (އައިޝަތު ދިޔެ)އަށެވެ. ހައިރައިޒުން ވަނީ މިހާރު އެމީހާއާ އިނާމު ހަވާލުކޮށްފައެވެ . މިއަހަރުގެ ފަހުކޮޅުގައި އޮންނަ ޑިސެމްބަރު މަހުގެ އުމްރާއަށް އިނާމު ލިބުނު ފަރާތުން ގެންދިއުމަށް ނިންމާފައިވާކަމަށް މުސާފިރިން އުމްރާ ގްރޫޕުން ވަނީ ބުނެފައެވެ މުސާފިރީން އުމްރާ ގްރޫޕުން އާންމުކޮށް އުމްރާ ދަތުރުތަކަށް މީހުން ގެންދަނީ 25،000 ރުފިޔާ އެވެ.