English Edition
Dhivehi Edition

މި އަހަރުގެ ރޯދަމަހު އާންމުންގެ މެދުގައި ބޮޑު މަގުބޫލުކަމެއް ހޯދާފައިވާ #OoredooKaraaFelhun ގޭމަށް އުރީދޫ މޯލްޑިވްސް އިން ‘ކަރާ ކުއެސްޓް’ ގެ ނަމުގައި އާ ފީޗާއެއް ތައާރަފުކޮށްފިއެވެ. މިއީ ކުޅުންތެރިން ތިބި ސަރަހައްދުގެ މެޕް ބޭނުންކޮށްގެން، އަމަލީގޮތުން އެކި ތަންތަނަށް ގޮސް ކަރާ ހޯދައިގެން ޓީމަށް ޕޮއިންޓް ހޯދޭނެ އީޖާދީ ޑިޖިޓަލް ތަޖުރިބާއެކެވެ.

އުރީދޫ އެޕް މެދުވެރިކޮށް ކުޅެވޭ މި ގޭމުގައި، ކުޅުންތެރިންނަށް މެޕުން ފެންނަ ކަރާތައް ހޯދައި އެ ފަޅާލުމުން، އެ ސަރަހައްދެއްގައި އެ ކުޅުންތެރިއެއްގެ ޓީމުގެ ދިދަ ޖެހޭނެއެވެ. މިއީ އެ ސަރަހައްދެއް އެ ޓީމަކުން “ކާމިޔާބުކުރި” ކަމުގެ ނިޝާނެކެވެ. މިގޮތަށް ގިނަ ސަރަހައްދުތަކެއް ހޯދައި، ކަރާ ފަޅައިގެން ޓީމުގެ ޖުމްލަ ޕޮއިންޓް އިތުރުކޮށް، މޮޅުވުމުގެ ފުރުސަތު ކުޅުންތެރިންނަށް މިވަނީ ފަހިކޮށްދީފައެވެ.

މި އާ ފީޗާއާއެކު ގޭމަށް އިތުރު ފޯރިއަކާއި ވާދަވެރިކަމެއް ލިބިގެންދާއިރު، މިއީ ރޯދަމަހުގެ ވަގުތުތަކުގައި އާއިލާ އާއި ރައްޓެހިންނާއެކު ބޭރަށް ނުކުމެ ކުޅެލަން ވަރަށް މަޖާ ހަރަކާތެކެވެ. އުރީދޫން ބުނީ، މިފަދަ ޑިޖިޓަލް ތަޖުރިބާތަކުގެ ބޭނުމަކީ ޒަމާނީ ވަސީލަތްތައް މެދުވެރިކޮށް މުޖުތަމައުގެ ގުޅުންތައް އިތުރަށް ބަދަހިކުރުން ކަމަށެވެ. ކުޅުންތެރިންނަށް މިހާރު އުރީދޫ އެޕް މެދުވެރިކޮށް ‘ކަރާ ކުއެސްޓް’ ގައި ބައިވެރިވެ، އަގުހުރި އިނާމުތަކަށް ވާދަކުރެވޭނެއެވެ.

ޓެގު