English Edition
Dhivehi Edition

މިދިޔަ މާރިޗް މަހުގެ 10 ވަނަ ދުވަހު އައްޑޫސިޓީ ލިންކު ރޯޑުގެ ކުނިކޮށި ކައިރިން ސައިކަލަކާއި ކާރެއް ޖެހި ހިނގި އެކްސިޑެންޓުގައި މީހަކު މަރުވި މައްސަލައިގެ ތަހުގީގު ނިންމައި ދައުވާ ކޮށްދިނުމަށް އެދި ޕްރޮސެކިއުޓާރ ޖެނެރަލްގެ އޮފީހަށް ފޮނުވައިފިއެވެ

މިދިޔަ މަހުގެ 18 ވަނަ ދުވަހު ޕީޖީ އޮފީހަށް، ހިތަދޫ ނޫމުގުމާގޭ މުހައްމަދު ރަޝްމު ރިޔާޒް މަރުވި މައްސަލާގައި ދައުވާ ކޮށްދިނުމަށް އެދުނީ، ކާރު ދުއްވި މީހާގެ މައްޗަށެވެ

ބާރު ސްޕީޑްގައި ދުއްވި ކާރާއި ރަޝްމުގެ ސައިކަލް ޖެހި ހިނގި މި އެކްސިޑެންޓް އަކީ އައްޑޫ ސިޓީގައި މިހާތަނަށް ހިނގި އެކްސިޑެންޓްތަކުގައި އެންމެ ބޮޑެތި ޒަހަމްތައް މީހަކަށް ލިބުނު އެންމެ ނުރައްކާތެރި އެކްސިޑެންޓެވެ