English Edition
Dhivehi Edition
ފޮޓޯ: އައްޑޫ ސިޓީ ކައުންސިލް

ކުރިއަށް އޮތް ދެ ދުވަހު އައްޑޫ ލިންކް ރޯޑުން ބައެއް ބަންދުކުރަން ހަމަޖެހިފައިވާ ކަމަށް އައްޑޫ ސިޓީ ކައުންސިލުން ބުނެފިއެވެ.

އުކެނޑި އާއި މަރަދޫ ގުޅާލުމަށްޓަކައި ހަދަމުން އަންނަ ބްރިޖް ފެށޭ ހިސާބުގެ މަގު ހެދުމުގެ މަސައްކަތްކުރިއަށް ގެންދިއުމަށް ލިންކް ރޯޑުން ބައެއް ބަންދުކުރުމަށް ހަމަޖެހިފައިވާއިރު، އައްޑޫ ސިޓީ ކައުންސިލުން ބުނީ މާދަމާ ހެނދުނު 8:00 އިން ފެށިގެން ބްރިޖުގެ މަސައްކަތް ނިމެންދެން އެ ސަރަހައްދުން ދަތުރުކުރުމަށްޓަކައި ބޭނުން ކުރާނީ ހަންކެޑެ ސަރަހައްދުގެ އިރުމަތިން ހެދިފައިވާ ވަގުތީ މަގު ކަމަށެވެ.

އެހެންކަމުން އެ ސަރަހައްދުން ދަތުރުފަތުރު ކުރާ ފަރާތްތަކުން މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށް ބަލައިގެން ދަތުރުކުރުމަށް ކައުންސިލުން ވަނީ އިލްތިމާސްކޮށްފައެވެ.