English Edition
Dhivehi Edition

ބޮލީވުޑްގެ ފިލްމީތަރި އަދި ލަވަ ކިޔުންތެރިޔާ ބިޑީޝާ މަރުވެފައި އޮއްވާ ފެނިއްޖެއެވެ. ރަންބީރު ކަޕޫރުއާއި އެކު ޖައްގާ ޖާސޫސުގައި މުހިއްމު ރޯލެއް ކުޅެފައިވާ ބިޑީޝާ މަރުވެފައި އޮއްވާ ފެނުނީ އޭނާ ކުއްޔަށް ހިފައިގެން އުޅެމުންދާ ފްލަޓުގެ 09 ވަނަ ފަންގިފިލާއިންނެވެ. މިދިޔަ ހޯމަ ދުވަހު ބިޑިޝާގެ ބައްޕަ، އޭނާގެ ހަބަރެއް ނުވެގެން ފުލުހަށް ރިޕޯޓްކޮށްފައިވާކަމަށާއި، އޭނާ ދިރިއުޅޭ އެޕާޓްމެންޓަށް ފުލުހުން ގޮސް ބެލިއިރު ވަނީ އަމިއްލައަށް ދަންޖެހިގެން މަރުވެފައިކަމަށް އިންޑިއާ ޓައިމްސް އިން ވަނީ ހާމަކޮށްފައެވެ. ފުލުހުން ބިޑިޝާ އަމިއްލައަށް މަރުވެފައިވާ ކަމަށްބުނެފައިވާ އިރު އޭނަގެ ބައްޕަ ވަނީ ފިރިމީހާ ނިޝީތް އޭނާ މަރާލީކަމުގައި ބުނެފައެވެ. އަދި ދެމީހުން ކައިވެނިކުރީ ލޯބިން ކަމުގައި ވިޔަސް ނިޝީތް އެހެން މީހަކާ ގުޅުން ބާއްވަމުން އަންނަކަން ބިޑިޝާއަށް އެގިފައިވާ ކަމުގައި އޭނާގެ ބައްޕަވަނީ ބުނެފައެވެ. މަރުވުމުގެ ކުރިން ބިޑިޝާ އާއި ނިޝީތް އާއި ދެމެދު ބޮޑު ޒުވާބެއް ހިގާފައިވާ ކަމަށާއި ނިޝީތް ކައިރިން ވަރިވުމަށް ބިޑިޝާއެދިފައިވާ ކަމަށް އޭނާގެ ގާތް ފަރާތްތަކުން ވަނީ ބުނެފައެވެ. ބިޑިޝާގެ ބައްޕަގެ ތުހުމަތުތަކާއި ގުޅިގެން ނިޝީތް ހައްޔަރުކޮށްފައިވާއޮރު ފުލުހުން އަންނަނީ ތަހުގީގަށް ބިޑިޝާގެ ސޯޝަލް މީޑިއާ އެކައުންޓްތަކާއި ފޯނު ކޯލުތައް ބަލަމުންނެވެ. 30 އަހަރުގެ ބިޑިޝާ ވަނީ ބޮޑަށް މަޝްހޫރު ވެފައިވަނީ ޓީވީ ޝޯތައް ހުށަހެޅުމާއި ލަވަ ކިޔުމުގެ ރޮގުންނެވެ.