English Edition
Dhivehi Edition

​އޭއޯ ރޯދައިގެ ބަދިގެ އަކީ ކޮންމެ އަހަރެއްގެ ވެސް ރަމަޟާން މަހަށް ޚާއްޞަ ކޮށްގެން އޭއޯ ނިއުސް އިން ގެނެސްދޭ ޚާއްޞަ ކޮލަމެކެވެ. މި ގޮތުން މި އަހަރުވެސް ތަފާތު ގިނަ އެކިވައްތަރުގެ މީރު ކެއުމާއި ބުއިން ތައްޔާރު ކުރާނެ ގޮތް މި ކޮލަމްގެ އެހީގައި އޭއޯ އިން ކޮންމެ ދުވަހަކުވެސް ގެނެސްދޭނެއެވެ.

އެގޮތުން ރޯދަ މަހުގެ ތޭރަވަނަ ދުވަހަށް ޚާއްޞަ ކޮށްގެން ރެސިޕީއެއްގެ ގޮތުގައި މި ގެނެސްދެނީ “ކަދުރު ދޮންކެޔޮ ޝޭކް ”ތައްޔާރު ކުރާނެގޮތެވެ.

ބޭނުންވާތަކެތި:

20 ގްރާމް ކަދުރު
1 ޖޯޑު ހަކުރު ނެތް ކިރު ނުވަތަ ސޯޔާ ކިރު
1 ދޮންކެޔޮ ( ބޮޑަށް ދޮންވެފައި )
އައިސް ކިއުބް

ތައްޔާރު ކުރާނެގޮތް:
މި ހުރިހާ ބާވަތެއް މިކްސަރަށް އަޅާލާފައި އޮލަ ވަންދެން ގިރާލުމަށް ފަހު ތައްޓަކަށް އެޅުމަށްފަހު ސާރވް ކުރާށެވެ. ބޭނުމިއްޔާ ވިޕްޑް ކްރީމް ކޮޅެއް މައްޗަށް އިތުރުކޮށްލުމުން ރަހަމީރުވާނެއެވެ.