English Edition
Dhivehi Edition

އިނގިރޭސި ޕްރިމިއަ ލީގުގައި އިނގިރޭސި ލީގުގެ ގަދަ ހަތަރު ޓީމްގެ ތެރޭގައި ހިމެނުމަށް މަސައްކަތް ކުރަމުން ދިޔަ އާސެނަލް އާއި މެންޗެސްޓަ ޔުނައިޓެޑް ބައްދަލު ކުރި މެޗު ފެލައިނީ ފަހު ވަގުތު ކާމިޔާބުކުރި ލަނޑުން ޔުނައިޓެޑް މޮޅުވެޖެއެވެ.

ޔުނައިޓެޑްގެ އަމިއްލަ ދަނޑުގައި މިދެޓީމް ކުޅުނު މެޗު މެންޗެސްޓަރ ޔުނައިޓެޑް ކާމިޔާބުކުރީ 2-1 ލަނޑުންނެވެ.

އާސެނަލް އަތުން ހޯދި މި މޮޅާއެކު ލީގުގެ ދެވަނައިގައި ޔުނައިޓެޑް 77 ޕޮއިންޓާ އެކު އޮތް އިރު އާސެނަލް އޮތީ 57 ޕޮއިންޓާ އެކު ލީގުގެ ހަވަނައިގައެވެ.

ޔުނައިޓެޑްގެ ދަނޑުގައި ކުޅުނު މި މެޗުގައި އާސެނަލް އިން ޒުވާން ގިނަ ކުޅުން ތެރިންނަށް ފުރުސަތު ދީގެން ކުޅުނު އިރު މިމެޗުގައި މޮޅު ކުޅުމެއް ދައްކާފައިވަނީ ޔުނައިޓެޑުންނެވެ. ޔުނައިޓެޑުން ވަނީ މެޗުގެ 16 ވަނަ މިނެޓްގައި ޕޯލް ޕޮގްބާގެ ލަނޑުން މެޗުގެ ލީޑު ނަގާފައެވެ. އެހެން ނަމަވެސް އާސެނަލްއިން ވަނީ ފުރަތަމަ ހާފް ނިމުމުގެ ކުރިން މިކިތާރިންގެ ލަނޑުން މެޗުގެ ނަތީޖާ ހަމަހަމަ ކޮށްފައެވެ.

ފުރުތަމަ ހާފް ދެ ޓީމް ހަމަހަމަ ވެގެން ނިމުނު އިރު ދެވަނަ ހާފްގައި ދެ ޓީމްގެ ފަރާތުން އެންމެ އެދެވޭ ކުޅުމެއް ފެނިގެން ގޮސްފައި ނުވާއިރު ޔުނައިޓެޑް މޮޅުވި ލަނޑު މެޗުގެ އެންމެފަހު މިނެޓްގައި ކާމިޔާބުކޮށްދިނީ ފެލައިނީއެވެ.

ލީގުގައި އާސެނަލް ދެން ބައްދަލުކުރާނީ ބާންލީއާއެވެ. ޔުނައިޓެޑުން ނިކުންނާނީ ބްރައިޓަންއާ ދެކޮޅަށެވެ.