އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުގައި މަޝްވަރާއާއި އެކު ކުރިއަށް އޮށް ރިޔާސީ އިނތިހާބުގެ މަޝްވަރާއަށް ލަފާދިނުމަށް އެ ޕާޓީގެ ފަރާތުން ނުވަ މެމްބަރުންގެ ކޮމެޓީއެއް އުފައްދައިފިއެވެ
މި ކޮމެޓީގައި ހިމެނި ވަޑައިގަންނަވަނީ ކޮން މެމްބަރުންނެއް ކަމެއް އަދާލަތުން ހާމަކޮށްފައެއް ނުވައެވެ
ގުޅިފައިވާ ޕާޓީތަކުން ރިޔާސީ އިންތިހާބާ ގުޅޭ ގޮތުން ބާއްވާ މަޝްވަރާތަކަށް “އަށާރަ/ނަވާރަ”ގެ ނަމުގައި ވަނީ ކޮމެޓިއެއް އުފައްދާފައެވެ
އަށް މެމްބަރުންގެ މައްޗަށް އެކުލެވިގެންވާ މި ކޮމެޓީގެ މުގައްރަރަކަށް އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕުގެ ލީޑަރު އިބްރާހިމް މުހައްމަދު ސާލިހު (އިބޫ) ހަމަޖައްސާފައިވާއިރު ނާއިބު މުގައްރިރަކީ ޖުމްހޫރީ ޕާޓީގެ ނާއިބު ލީޑަރު އަބްދުﷲ ރިޔާޒެވެ. މީގެ އިތުރުން މި ކޮމެޓީގައި ހިމެނިވަޑައިގަންނަވަނީ އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފާއި ޖުމްހޫރީ ޕާޓީގެ ނާއިބު ލީޑަރު ޑރ. ހުސައިން ރަޝީދާއި ރައީސް މައުމޫންގެ ފަރާތްޕުޅުން ޔުމްނާ މައުމުނާއި އާމިނަތު ނާދިރާގެ އިތުރުން އަދާލަތު ޕާޓީގެ ޝިދާތާ ޝަރީފެވެ