English Edition
Dhivehi Edition

މޯލްޑިވްސް ޕޮލިސް ސަރވިސްގެ ޚިދުމަތާއި އަލަށް ގުޅުނު ފުލުހުން ހުވާކުރުމުގެ ރަސްމިއްޔާތު ބާއްވައިފިއެވެ

އިސްކަންދަރު ބިލްޑިންގގައި ބޭއްވި ރަސްމިއްޔާތުގައި ފުލުހުންނަށް ހުވާ ލައިދެއްވީ ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރު އަލްއުސްތާޛް ޝުޖާޢު ޢުޘްމާނުއެވެ

މި ރަސްމިއްޔާތުގައި ފުލުހުންގެ ވަޒީފާ އާއި އަލަށް ގުޅުނު 28 ފިރިހެން ފުލުހުންނާއި 8 އަންހެން ފުލުހުންވަނީ ހުވާކޮށްފައެވެ. ޖުމްލަ 36 ފުލުހުން ހުވާކުރުމަށްފަހު ވަނީ ފުލުހުންގެ ހުވާގެ ލިޔުމުގައި ސޮއިކޮށްފައެވެ

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރު އަލްއުސްތާޛް ޝުޖާޢު ޢުޘްމާން ވިދާޅުވީ ފުލުހުންގެ ހުވަޔަކީ ވަރަށް އަގުހުރި އެއްޗެއްކަމާއި މާތް ﷲ ގަންދީ ހުވާކޮށްގެންހުރެ ހުވަޔާ ޚިލާފުވެއްޖެނަމަ އެކަމުގެ އުޤޫބާތް އެމީހަކަށް ލިބިގެންދާނެކަމަށެވެ. އަދި ފުލުހުންގެ ތެރޭގައި ހެދިފައިވާ އެންމެހާ ޤަވައިދުތަކަށް ބޯލެނބުމަށާއި، ފުލުހުންގެ ޒިންމާ އަދާކުރުމަށް ފަސްނުޖެހި ސާބިތުކަމުގައި ޚިދުމަތް ކުރުމަށް ގޮވާލެއްވިއެވެ.