English Edition
Dhivehi Edition

މޯލްޑިވިއަން އައިޑަލް ސީޒަން ތިނެއްގެ ގަދަ 6 ބައިވެރިން ރޭ އިއުލާންކޮށްފައިވާއިރު މިފަހަރު ވެސް އައްޑޫގެ 3 ބައިވެރިން ގަދަ 6 ކަށަވަރުކޮށްފިއެވެ.

އައިޑަލް ސީޒަން ތިނެއްގެ ގަދަ 6 ބައިވެރިން އިޢުލާންކޮށްފައިވަނީ މިރޭ ބޭއްވި ގާލާ ރައުންޑުގެ 5 ވަނަ އެލިމިނޭޝަން ނައިޓުގައެވެ. ރޭގެ ޝޯގައި މުބާރާތުން ކަޓާފައިވަނީ ރައިޙާން އާދަމް އެވެ.
އައިޑަލްގެ ކުރިއަށް އޮތް ރައުންޑަށް ދަތުރުކުރި ބައިވެރިން ކަނޑައަޅާފައިވަނީ ޖަޖުންގެ 50 އިންސައްތަ މާކްސް އަދި ބެލުންތެރިންގެ 50 އިންސައްތަ ވޯޓު އެއްކޮށްލުމުން ބައިވެރިންނަށް ލިބުނު ޕޮއިންޓްތަކުގެ ތަރުތީބުންނެވެ.

ގަދަ 6 އަކުން ޖާގަ ކަށަވަރުކުރި ބައިވެރިންނަކީ:

ޙަސަން ޝަހުދާން

އައިޝަތު އަޒަލް އަލީ ޒާހިރު

އައިމިނަތު ސައިނާ މުޙައްމަދު ރަޝީދު

ނައުޝާދު ޢަބްދުއްލަތީފް

ތަސްލީމް ޢަބްދުލްކަރީމް
މަރިޔަމް މައިޝާ

ވާދަވެރި ހުށަހެޅުންތަކެއް ހުށަހަޅައިގެން ސަޕޯޓަރުންގެ ފުރިހަމަ ސަޕޯޓާއެކު ގަދަ 6 އިން އައްޑޫގެ 3 ބައިވެރިން ޖާގަ ކަށަވަރުކޮށްފައިވާއިރު “މިއީ އައްޑޫގެ ފަހަރު” ކަމަށް ބުނެ އައްޑޫގައި މި ތިން ބައިވެރިންނަށް ސަޕޯޓުކޮށް ލޮރީ ބުރު ފަދަ ތަފާތު އިވެންޓުތައް ދަނީ ބާއްވަމުންނެވެ.