English Edition
Dhivehi Edition

އިންޑިއާއާއި ޗައިނާ ގުޅޭ ބޯޑަރުގައި ގިނަ ދުވަސްތަކެއްވަންދެން ނުތަނަވަސްކަން އެފެދިފައި އޮތުމަށްފަހު. ބޯޑަރު ސަރަހައްދުގައި ސުލްހަ ދަމަހައްޓަން ދެ ގައުމުން އެއްބަސްވެއްޖެ އެވެ

އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރާ މޯދީ ޗައިނާއަށް ކުރައްވާ ދެ ދުވަހުގެ ދަތުރުފުޅުގައި ބައިވެރިވެ ވަޑައިގެން ޗައިނާގެ ވޫހާން ގައި ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އިންޑިއާގެ ފޮރިން ސެކްރެޓަރީ ވިޖޭ ގޮކާލްއާ ވިދާޅުވީ މިހާރަށް ވުރެ އިތުރަށް ބޯޑަރު ސަރަހައްދުގައި މުވާސަލާތުކުރާ މިންވަރު އިތުރު ކުރުމަށް ދެ ގައުމުން އެއްބަސްވެފައިވާ ކަމަށެވެ

އިންޑީއާ އާއި ޗައިނާގެ މެދުގައި އަރައިރުން އުފެދިފައިވަނީ ބޯޑަރު ސަރަހައްދެއްގައި ޗައިނާއިން މަގެއް ތަރައްގީ ކުރަން އުޅޭ ކަމަށް އިންޑިއާއިން ތުހުމަތުކޮށް އެކަން ހުއްޓުވުމަށް އިންޑިއާ ސިފައިން އެސަރަހައްދަށް ވަނުމުންނެވެ.ދެ ގައުމުގެ ދެމެދުގައި ހަމަލާތައް ބަދަލުކޮށްފައި ނުވި ނަމަވެސް ދެ ގައުމުންވެސް ވަނީ މި މައްސަލައިގައި އެއް ގައުމު އަނެއް ގައުމަށް ވަރަށް ބޮޑަށް ފާޑުކިޔާފައެވެ