English Edition
Dhivehi Edition

ގަން އިންޓަނޭޝަނަލް އެއާޕޯޓު ހިންގާ އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓުގެ މެނޭޖިންގް ޑިރެކްޓަރުކަމަށް މުހައްމަދު ލަތީފް ހަމަޖައްސައިފިއެވެ

އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓު (އޭއައިއޭ) ގެ އެމްޑީއަށް މުހައްމަދު ލަތީފް ހަމަޖައްސާފައިވާއިރު ޑިރެކްޓަރުންގެ ގޮތުގައި މ. ފާއިޒާ، އާއިޝަތު ޒާރާއާއި މއ. ދީބު، ފާތިމަތު މިޒްމާ ވަނީ ހަމަޖައްސާފައެވެ

މީގެ ކުރިން ގަން އިންޓަނޭޝަނަލް އެއާޕޯޓުގެ ޖެނެރަލް މެނޭޖަރުގެ މަގާމު އަދާކުރެއްވި އިބްތިޝާމާ ދިރިއުޅުން ސްވީޑެންއަށް ބަދަލުކުރެއްވުމާ ގުޅިގެން ވަނީ އެ މަގާމުން ވަކިވެވަޑައިގެންފައެވެ.

ޖެނެރަލް މެނޭޖަރުކަމުގައި އިބްތިޝާމާ ހުންނެވި ދުވަސްވަރުވަނީ ގަން އިންޓަނޭޝަނަލް އެއާޕޯޓުގެ ރަންވޭ 3،400 މީޓަރަށް ދިގުކޮށް، 60 މީޓަރަށް ފުޅާކޮށްފައެވެ. އަދި 2016 ވަނަ އަހަރު ގަން އިންޓަނޭޝަނަލް އެއާޕޯޓަށް ޝެޑިއުލްޑް އިންޓަނޭޝަނަލް ފްލައިޓުތައްވެސް ވަނީ ޖައްސަން ފަށާފައެވެ

އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓަކީ ދިވެހި ސަރުކާރާއި އެސްޓީއޯގެ 70 ޕަސަންޓު ހިއްސާވާ އަދި ވިޔަފާރިވެރިޔާ ހުސައިން އަފީފު ގެ ކާސާ ހޯލްޑިންގްސް ކުންފުނީގެ 30 ޕަސަންޓު ހިއްސާ އޮންނަ ޖޮއިންޓް ވެންޗާ ކުންފުންޏެކެވެ