English Edition
Dhivehi Edition

ކ. އޮޅުހަލީގައި ތަރައްގީ ކުރަމުންދާ ރިސޯޓަކުން ރޭ މޫދަށް ފޭބި ބަންގްލަދޭޝްގެ މީހާ މަރުވެފައި އޮއްވައި ފެނިއްޖެ އެވެ

އޮޅުހަލި ރިސޯޓުގެ ޖެޓީން މޫދަށް ފޭބި ބަންގްލަދޭޝްގެ މީހާ ގެއްލިގެން ހޯދަމުން ދަނިކޮށް ފެނިފައިވަނީ މިއަދު ހެނދުނު ސިފައިންގެ ޑައިވަރުންނަށެވެ. މަސައްކަތެއް ކުރުމަށް މޫދަށް ފޭބި ބިދޭސީ މީހާ ގެއްލިގެން އެމްއެމްޑީއެފްއަށް ރިޕޯޓްކޮށްފައިވަނީ ރޭ 20:25 ހާއިރު ކަމަށާއި އެ މީހާގެ ހަށިގަނޑު ފެނުނީ ހަތް މީޓަރު އަޑިންކަމަށް އެމްއެންޑީއެފުންވަނީ ބުނެފައެވެ

އިއްޔެ ހަވީރު ހުޅުމާލޭ ފަތާ ޓްރެކްގައި މޫދަށް އެރިއުޅެނިކޮށް ގެނބިގެން ހާލު ސީރިއަސްވި ދިވެއްސަކު ރޭ މަރުވެފައިވާއިރު ހުކުރު ދުވަހު، އައްޑޫ ސިޓީ ހިތަދޫ މޫދަށް އެރިއުޅެނިކޮށް ގެއްލުނު ދެ ކުޑަކުދިން ހޯދުމުގެ މަސައްކަތް އަދިވެސް ސިފައިން ދަނީ ކުރަމުންނެވެ.