English Edition
Dhivehi Edition

މިދިޔަ އާދިއްތަ ދުވަހުގެ ފަހުން ޚަބަރެއް ނުވެގެން ފޮޓޯއާއި ވަނަވަރު ޢާންމުކޮށްގެން ހޯދަމުން ދިޔަ ޒުވާނާ މާލެއިން ފެނިއްޖެއެވެ. ފުލުހުން ބުނީ، އޭނާ ފެނުނުއިރު އެނާގެ ހާލު ރަނގަޅު ކަމަށެވެ.

މިދިޔަ އަންގާރަ ދުވަހު ލިބުނު ރިޕޯޓަކާ ގުޅިގެން ފުލުހުން ހޯދާފައިވަނީ ޏ. ފުވައްމުލައް ދޫނޑިގަން، ރަންދެލިގެ އުމުރުން 30 އަހަރުގެ ހަސަން ޖަމީލްއެވެ.

އޭނާގެ އާއިލާއަށްވެސް މިދިޔަ އާދިއްތަ ދުވަހުގެ ފަހުން އޭނާއާއި ބެހޭ އެއްވެސް ޚަބަރެއް ނުވާއިރު، އާއިލާ ހަވާލާދީ ފުލުހުން މީގެ ކުރިން ބުނެފައި ވަނީ އޭނާ ހުރީ މާލޭގައި ކަމަށެވެ.

ރާއްޖޭގައި ފަހަކަށް އައިސް މީހުން ވީނުވީއެއް ނޭނގި ގެއްލުމުގެ މައްސަލަ ދަނީ އިތުރުވަމުންނެވެ. އެގޮތުން އެފަދައިން ގެއްލޭ މީހުން ހޯދަން ގިނަ ދުވަސްތަކެއް ހޭދަ ކުރި ނަމަވެސް ފަހުގެ ތާރީހުތަކުގައި މީހާ ވީނުވީ ނޭނގި ނުފެނިވެސް އެބަ ހުއްޓެވެ.