English Edition
Dhivehi Edition

ހުޅުމާލެ އިން ގެއްލިގެން ހޯދަމުންދިޔަ ކުއްޖާ މިއަދު އަމިއްލައަށް ގެއަށް އައިސްފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.

ގެއްލިގެން ހޯދަމުން ދިޔައީ ޅ. ކުރެންދޫ، ހުދުފަޅު، ޢަބްދުއްނާފިއު އިބްރާހިމް 17އ، އެވެ.

ޢަބްދުއްނާފިއު ވީނުވީ ތަނެއް ނޭނގިގެން ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ހުންނަ ޕޮލިސް ސްޓޭޝަނަށް ރިޕޯޓުކޮށްފައި ވަނީ އާދީއްތަ ދުވަހުގެ ރޭގެ ވަގުތެއްގައި ކަމަށް ފުލުހުން ބުނެއެވެ.

އެ މައްސަލައާއި ގުޅިގެން ފުލުހުންގެ ކަމާ ގުޅުން ހުރި އެންމެހާ ބަހާތަކަށް އެކަމުގެ މައުލޫމާތު ފޯރުކޮށް އަބްދުއްނާފިއު ހޯދުމުގެ މަސައްކަތް ދިޔައީ ކުރަމުންނެވެ.

މިރޭ ކުއްޖާ އަމިއްލައަށް ގެއަށް އައިސްފައިވާ އިރު އޭނާގެ ޙާލު ރަނގަޅު ކަމަށް ފުލުހުން ހާމަކުރެއެވެ.