ފުލުހުން ބުނި ގޮތުގައި ގެއްލިގެން ހޯދަމުން ދިޔައީ ފޭދޫ ހަމްދަރުދީގޭ، އުމުރުން 19 އަހަރުގެ ހައްވާ ރާއިދާ މުނީރުއެވެ. އޭނާ ގެއްލިގެން ފުލުހުންނަށް ރިޕޯޓުކޮށްފައިވަނީ މިއަދު މެންދުރުފަހު 2:52 ހާއިރުއެވެ. މި މައްސަލަ ރިޕޯޓުކުރުމާ އެކު އޭނާ ހޯދުމުގެ މަސައްކަތް ވަނީ ފަށާފައެވެ.
މި ޒުވާނާ މިހާރު ފެނިފައިވާ ކަމަށާއި، އޭނާ ފެނުނީ އޭނާ ހޯދުމުގެ މަސައްކަތުގައި ހަރަކާތްތެރިވި އާންމު ރައްޔިތުންގެ ބަޔަކަށް ކަމަށް ފުލުހުން މައުލޫމާތު ދިނެވެ. މި ހާދިސާއާ ގުޅޭ އިތުރު ތަފްސީލެއް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.