English Edition
Dhivehi Edition

ޗައިނާ މޯލްޑިވިއަން ކަލްޗަރަލް އެސޯސިއޭޝަން (ސީއެމްސީއޭ) އިން އެ އެސޯސިއޭޝަނަށް މިއަހަރު ލިބިފައިވާ ޗައިނާގެ 4 ސްކޯލަރޝިޕަށް ފުރުސަތު ހުޅުވާލައިފިއެވެ.

ޗައިނާގެ ޔަންގްޒޯ ޕޮލިޓެކް ކޮލެޖުން (ވައިޕީސީ) ގައި ތައުލީމު ހާސިލް ކުރުމުގެ ފުރުސަތު މި ސްކޮލަރޝިޕްތަކުން ލިބިގެންދާނެއެވެ.

އެ ކޮލެޖުން މިފަހަރު ސީއެމްސީއޭއަށް ދެއްވަވާފައިވާ 4 ފުރުސަތަކީ ޑިޕްލޮމާ އިން އީކޮމާސް، ޑިޕްލޮމާއިން ނިއުސް އިން މީޑިއާ ކޮމްޕިޔުޓަރ ޓެކްނޮލޮޖީ އަދި ޑިޕްލޮމާ އިން ޓޫރިޒަމް މެނޭޖްމަންޓެވެ.

މި ސްކޮލަރޝިޕް ފުރުސަތު ތަކަށް ޝައުގުވެރިވާ ގްރޭޑް 12 ނިންމާފައިވާ ދަރިވަރުން އެދަރިވަރުންގެ ތައުލީމީ ސެޓްފިކެޓްތަކާއި ސީވީ، [email protected] އަށް ފޮނުވުމަށް ސީއެމްސީއޭއިން އެދިލައްވައެވެ. މީގެ އިތުރުން ކޯސް ތަކާ ބެހޭ އިތުރު މައުލޫމާތު ހޯއްދުމަށް 9117575 އަށް ގުޅުމުން މައުލޫމާތު ލިބޭނެއެވެ.

ވޭތުވެދިޔަ އަހަރުވެސް ސީއެމްސީއޭއިން ވަނީ އައްޑޫގެ 3 ދަރިވަރަކު އެ އެސޯސިއޭޝަނުގެ ސްކޮލަރޝިޕް ޕްރޮގްރާމުގެ ދަށުން ޗައިނާއަށް ފޮނުވާފައެވެ.