English Edition
Dhivehi Edition

ޕްރޮފެޝަނަލް ފުޓްބޯލާސް އެސޮސިއޭޝަން (ޕީއެފްއޭ) އިން ހޮވާ އިނގިރޭސި ޕްރިމައަ ލީގުގެ އަހަރުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ލިވަޕޫލުއަށް ކުޅޭ މިސްރުގެ ފޯވާޑް މުހައްމަދު ސަލާހު ހޯދައިފިއެވެ.

މޮޅު ކުޅުންތެރިޔާގެ މަގާމު ކުރިން ޗެލްސީ އަށް ވެސް ކުޅެފައިވާ ސަލާހު ހޯދީ މެންޗެސްޓަރ ސިޓީގެ ތިން ކުޅުންތެރިން ކަމަށްވާ، ކެވިން ޑެ ބްރައިނާ އާއި ޑޭވިޑް ސިލްވާ އާއި ލީރޯއި ސާނޭ އާއި އާއި ޓޮޓެންހަމްގެ ހެރީ ކޭން އަދި މެންޗެސްޓަރ ޔުނައިޓެޑްގެ ގޯލްކީޕަރު ޑޭވިޑް ޑެހެޔާ ވާދަކޮށެވެ.

އިޓަލީގެ ރޯމާއިން ލިވަޕޫލް އާއި ގުޅުނު ސަލާހް ޕްރިމިއަ ލީގުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދިއިރު އޭނާއާ މި އެވާޑަށް އެންމެ ގާތުން ވާދަކުރީ މެންޗެސްޓާ ސިޓީގެ މިޑްފިލްޑަރ ކެވިން ޑިބްރުއައިނާ އެވެ.

ރޯމާ ދޫކޮށް ލިވަޕޫލަށް ބަދަލުވުމަށް ފަހު ސަލާހު ވަނީ އިނގިރޭސި ޕްރިމިއާ ލީގުގައި 33 މެޗުން 31 ލަނޑު ޖަހައިފަ އެވެ.

ލިވަޕޫލް އާއި އެކު ސަލާޙް ވަނީ އެތް ސީޒަނެއް ގައި އެންމެ ގިނަ ލަނޑު ޖަހައިގެން އެލަން ޝިއަރާ އާއި ކްރިސްޓިއާނޯ ރޮނާލްޑޯ އަދި ލުއިސް ސުއަރޭޒް ހަދާފައިވާ ރެކޯޑާ ހަމަކޮށްފަ އެވެ.

ލިވަޕޫލާ އާއި އެކު މޮޅު ކުޅުމެއް ދައްކަމުންގެންދާ ސަލާޙް ވަނީ މިއަހަރު ރަޝިޔާގައި ފަށާ ފީފާ ވޯލްޑް ކަޕަށް މިސްރު ކޮލިފައި ވުމުގައި މުހިންމު ދައުރެއް އަދާކޮށްފައެވެ. ސަލާހު ވަނީ ޕްރިމިއަ ލީގުގެ އެންމެ މޮޅު ކުޅުންތެރިޔާ ހޯދުމުގެ އިތުރުން އެފްރިކާގެ މޮޅު ކުޅުންތެރިޔާގެ މަގާމު އަދި އަރަބި ގައުމުތަކުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދާފައެވެ.

ޕީއެފްއޭއިން ހޮވާ އަހަރުގެ އެންމެ މޮޅު ޒުވާން ކުޅުންތެރިޔާގެ މަގާމު ހޯދީ މެންޗެސްޓާ ސިޓީގެ ޒުވާން ކުޅުންތެރިޔާ ލިއޮރީ ސާނޭ އެވެ.