English Edition
Dhivehi Edition
during the The Emirates FA Cup Third Round match between Manchester City and Burnley at Etihad Stadium on January 6, 2018 in Manchester, England.

ޕްރޮފެޝަނަލް ފުޓްބޯލާސް އެސޯސިއޭޝަން (ޕީއެފްއޭ)އިން ހޮވާ އިނގިރޭސި ލީގުގެ އެންމެ މޮޅު ޒުވާން ކުޅުންތެރިޔާގެ އެވޯޑު ޓޮޓެންހަމްގައި މޮޅު ކުޅުމެއް ދައްކަމުންގެންދާ ހެރީ ކޭން އާއި މިއެވޯޑް މިދިޔަ ދެ ސީޒަންގައި ވެސް ހޯދި ޑެލޭ އަލީ ފަހަތަށް ޖައްސާލުމަށް ފަހު މެންޗެސްޓާ ސިޓީގެ ޖަރުމަން ފޯވަޑް ލެރޯ ސާނޭ ފުރަތަމަ ފަހަރަށް މި އެވޯޑް ހޯދައިފި އެވެ.

ފީފާ ކޮންފަޑަރޭޝަން ކަޕް ޖަރުމަންއަށް ހޯދައި ދިނުމުގައި މުހިންމު ރޯލެއް އަދާކޮށް ޝާލްކޭ އިން 2016 ވަނަ އަހަރު 37 މިލިއަން ޕައުންޑަށް އިނގިރޭސި ވިލާތުގެ ސިޓީއާއި ގުޅުނު ސާނޭ ވަނީ މިދިޔަ ދެ ސީޒަނުގައި ސިޓީއަށް މޮޅު ކުޅުމެއް ދައްކައި އެންމެ މޮޅު ޒުވާން ކުޅުންތެރިޔާގެ އެވޯޑަށް މިދިޔަ ސީޒަންގައި ވެސް ވާދަކޮށްފަ އެވެ.

ޕީއެފްއޭއިން ހޮވާ އިނގިރޭސި ލީގުގެ އެންމެ މޮޅު ޒުވާން ކުޅުންތެރިޔާގެ އެވޯޑައަށް މިފަހަރު ސާނޭ އާއި އެކު ވާދަކޮށްފައިވަނީ އޭނާއާ އެކު ސިޓީއަށް ކުޅެމުންދާ ގޯލްކީޕަރު އެޑާސަންއާއި ރަހީމް ސްޓާލިން،ޓޮޓެންހަމްގެ ހެރީކޭން އާއި ޑެލޭ އަލީ އަދި މެންޗެސްޓަ ޔުނައިޓެޑްގެ ރަސްޕޯޑް އެވެ.

ސާނޭ ވަނީ މިސީޒަނުގައި 28 ލީގު މެޗުން ނުވަ ލަނޑު ކާމިޔާބުކޮށް ސިޓީއަށް ލީގުގައި ބާކީ ހަތަރު މެޗު އޮތްވައި އިނގިރޭސި ޕްރިމިއާ ހޯދައިދިނުމުގައި އެންމެ މުހިންމު ރޯލެއް ކުޅެފައެވެ.

ޕީއެފްއޭ އިން 1974 ވަނަ އަހަރުން ފެށިގެން ހޮވާ އެ އެވޯޑަށް ނޮމިނޭޓްވާނީ އިނގިރޭސި ލީގުގައި އެންމެ ރަނގަޅު ކުޅުން ދައްކާ ކުޅުންތެރިންގެ ތެރެއިން 23 އަހަރުން ދަށުގެ ކުޅުންތެރިންނެވެ.

ޕީއެފްއޭ އިން ހޮވާ އިނގިރޭސި ލީގުގެ އެންމެ މޮޅު ކުޅުންތެރިޔާގެ އެވޯޑު، މި އަހަރު ހޯދާފައި ވަނީ ލިވަޕޫލަށް މޮޅު ކުޅުމެއް ދައްކަމުންދާ މިސްރު ފޯވަޑް މުހައްމަދު ސަލާހުއެވެ.