English Edition
Dhivehi Edition
ފޮޓޯ:އަވަސް

ިމިދިޔަ ހޮނިހިރު ދުވަހު އައްޑޫ ސިޓީ ހިތަދޫގައި ފުއްޓަރު ފަރާތު މޫދަށް އެރި އުޅެނިކޮށް އޮޔާ ގެންދިޔަ ތިން ކުދިންގެ ތެރެއިން އެއްކުއްޖަކު ސަލާމަތްކޮށްދިން ހިތަދޫ، ބޭރުމަތި އަވަށު، ބުލޫ ރޯޒް ހަސަން ދީދީގެ އަގު ވަޒަން ކޮށްފި އެވެ

މިއަދު އައްޑޫ ސިޓީ ކައުންސިލްގެ އިދާރާގައި ހަސަންގެ އަގު ވަޒަންކުރުމަށް ބޭއްވި ރަސްމިއްޔާތުގައި އައްޑޫ ސިޓީ ކައުންސިލުގެ ފަރާތުން ވަނީ ހަސަން އަށް ހަނދާނީ ލިޔުމެއް އަރުވައިފަ އެވެ. ހަނދާނީ ލިޔުން ހަސަން އާއި ހަވާލުކޮށްދެއްވީ އައްޑޫ ސިޓީގެ މޭޔަރު އަބްދުﷲ ސޯދިގް (ސޯބެ) އެވެ

މި ހާދިސާގައި ބެހެމުންދިޔަ ތިން ކުދިންގެ ތެރެއިން އަލީ ރާއިފު ސަލާމަތް ކުރެވުނީ، އޮއިގަނޑެއްގައި ޖެހި ރާއިފް ބޭރަށް ދަމައިގަތުމުން އެހީއަށް އެދި އޭނާ އަތުން އިޝާރާތްކުރާތަން ފެނިގެންނެވެ. ގޮނޑުދޮށާ އެންމެ ކައިރީގައި އޮތް އަލީ ރާއިފް ސަލާމަތްކުރުމަށްފަހު އެހެން ކުދިންވެސް ސަލމާތްކުރުމަށް ހަސަން މަސައްކަތްކުރި ނަމަވެސް އޭރު އަނެއް ދެކުދިން ލޮލަށް ފެންނަ ހިސާބެއްގައިވެސް ނެތް މައުލޫމާތު ލިބެއެވެ

ހަސަން ގެ މަސައްކަތުގެ އަގު ވަޒަންކުރުމުގެ ގޮތުން ‘ވަގުތުނޫހުން’ ވެސް ވަނީ ހަސަންއަށް ކޮންމެ މަހަކުވެސް ވަކިވަރެއްގެ އިނާޔާތަކާއެކު އެހީވާނެކަމުގައި ބުނެފައެވެ. ހަސަން އަކީ ކަންފަތަށް އަޑު ނީވޭ، އަދި ވާހަކަ ނުދެއްކޭ މީހެކެވެ

މި ހާދިސާގައި ގެއްލުނު ދެކުދިންގެ އެއްވެސް ހަބަރެއް އަދި ވެފައިނުވާއިރު މި ކުދިން ހޯދުމުގެ މަސައްކަތް ދަނީ އަދިވެސް ކުރަމުންނެވެ