English Edition
Dhivehi Edition

22 އެޕްރީލް 2018 އާދީއްތަ – މެންދުރު ފަސް

  • ލިޔުނީ އަލީ ފައިސަމް/ އަހުމަދު އައިހަމް ރަޝީދު
  • ފޮޓޯ – ޒަޔާން މުޚުތާރު ރުޝްދީ/ މުހައްމަދު މާކިން

މިއަދު މެންދުރުފަހު 2:00 ގައި ފުރަތަމަ މެޗްގެ ގޮތުގައި ކުޅެވުނީ އިރުޝާދިއްޔާ ސްކޫލާއި ސ. އަތޮޅު މަދުރަސާގެ 17 އަހަރުން ދަށުގެ މެޗެވެ. 19 ޕޮޓު 8 ޕޮޓުން މެޗް ކާމިޔާބުކުރީ ސ. އަތޮޅު މަދުރަސާއެވެ. މިމެޗުގެ ކުއިން އޮފް ދަ މެޗަކަށް ހޮވުނީ އަތޮޅު މަދުރަސާގެ ހައްވާ މައިޝާ ޢަބްދުﷲ އެވެ. މިއީ މައިޝާ ކުއިން އޮފް ދަ މެޗު ހޯދި ދެވަނަ މެޗެވެ.

ދެވަނަ މެޗަކަށް ކުޅެވުނީ ބީ ކޯޓުގައި ކުރިއަށް ގެންދެވުނު ހިތަދޫ ސްކޫލާއި ހުޅުދޫ ސްކޫލްގެ 15 އަހަރުން ދަށުގެ މެޗެވެ. މިމެޗް 20 ޕޮޓު 9 ޕޮޓުން ހިތަދޫ ސްކޫލް ކާމިޔާބުކުރި އިރު މިމެޗުގެ ކުއިން އޮފް ދަ މެޗަކަށް ހޮވުނީ ހިތަދޫ ސްކޫލްގެ ފާޠިމަތު މާޝާ މުޢީނެވެ.

ކޯޓު އޭގައި ދުވަހުގެ 3 ވަނަ މެޗުގެ ގޮތުގައި ކުޅެވުނީ ހިތަދޫ ސްކޫލާއި ޝާމްސުއްދީނު ސްކޫލްގެ 9 އަހަރުން ދަށުގެ މެޗެވެ. މިމެޗުގައި ހިތަދޫ ސްކޫލް 4 ޕޮޓު ކާމިޔާބުކުރި އިރު ޝަމްސުއްދީނު ސްކޫލަށް ޕޮޓެއް ކާމިޔާބެއް ނުކުރެވެއެވެ. މި މެޗުގެ ކުއިން އޮފް ދަ މެޗަކީ ހިތަދޫ ސްކޫލްގެ އަނާ އިބްރާހީމް ޝިނާޒެވެ.

މުބާރާތުގެ ތިންވަނަ ދުވަހުގެ 4 ވަނަ މެޗުގެ ގޮތުގައި ބީ ކޯޓުގައި ކުޅެވުނީ ހިތަދޫ ސްކޫލާއި ހުޅުދޫ ސްކޫލްގެ 13 އަހަރުން ދަށުގެ މެޗެވެ. މިމެޗް 13 ޕޮޓު 2 ޕޮޓުން ކާމިޔާބުކުރީ ހިތަދޫ ސްކޫލެވެ. ކުއިން އޮފް ދަ މެޗަކަށް ހޮވުނީ އެ ސްކޫލްގެ އާމިނަތު ނައުފާ ނާފިޒެވެ.

މިއަދުގެ 4 ވަނަ މެޗު ވެސް ކުޅެވުނީ ބީ ކޯޓުގައެވެ. ޝަރަފުއްދީން ސްކޫލާއި ވާދަކޮށް ހިރާ ސްކޫލްގެ 13 އަހަރުން ދަށުގެ ޓީމު މެޗު ކާމިޔާބުކުރީ 12 ޕޮޓު 7 ޕޮޓުންނެވެ. މިމެޗުގެ ކުއިން އޮފް ދަމެޗަކަށް ހޮވުނީ ހިރާ ސްކޫލްގެ ޢާއިޝަތު ހަމްދާ މުހައްމަދު ދީދީ އެވެ.

މިއަދުގެ 5 ވަނަ މެޗުގައި ކޯޓު އޭ ގައި ކުޅެވުނީ ފޯއްމުލަކު މުހައްމަދު ޖަމާލުއްދީނު މަދުރަސާއާއި ޝަމްސުއްދީން ސްކޫލްގެ 13 އަހަރުން ދަށުގެ މެޗެވެ. އެމްޖޭ އެމްގެ ޓީމު މި މެޗު ކާމިޔާބު ކުރި އިރު ކުއިން އޮފް ދަ މެޗަކަށް ހޮވުނ ީއެ މަދުރަސާގެ އައިޝާތު ރީޝާ މުހައްމަދެވެ.

މިއަދުގެ ހަވަނަ މެޗުގައި ކެންގަރޫ ސްކޫލްގެ ޓީމާ ވާދަކޮށް މޮޅުވީ މަރަދޫ ފޭދޫ ސްކޫލްގެ 9 އަހަރުން ދަށުގެ ޓީމެވެ. ކޯޓު އޭގައި ކުޅެވުނު މި މެޗުގެ ކުއިން އޮފް ދަ މެޗަކަށް ހޮވުނީ މަރަދޫ ފޭދޫ ސްކޫލްގެ ފާޠިމަތު ޝަނުމް ފާއިޒު އެވެ.

ފޭދޫ ސްކޫލާއި ހިރާ ސްކޫލްގެ 9 އަހަރުން ދަށުގެ މެޗަކީ މިއަދުގެ 7 ވަނަ މެޗެވެ. ކޯޓު ބީގައި ކުޅެވުނު މިމެޗު 3 ޕޮޓު 2 ޕޮޓުން ކާމިޔާބުކުރީ ހިރާސްކޫލްގެ ޓީމެވެ، ކުއިން އޮފް ދަމެޗަކަށް ހޮވުނީ އެ ސްކޫލްގެ ފާޠިމާ އަހުމަދެވެ.

ބީ ކޯޓުގެ ފަހު މެޗެއްގެ ގޮތުގައި ކުޅެވުނީ ހާފިޒު އަހުމަދު ސްކޫލާއި މަރަދޫ ފޭދޫ ސްކޫލްގެ 15 އަހަރުން ދަށުގެ މެޗެވެ.މިމެޗް 17 ޕޮޓު 4 ޕޮޓުން ހާފިޒު އަހުމަދު ސްކޫލް ކާމިޔާބުކުރި އިރު މި މެޗުގެ ކުއިން އޮފް ދަ މެޗަކަށް ހޮވުނީ އެ ސްކޫލްގެ އައިޝަތު ނާޝީ ނަޝީދެވެ.

ުވަހު އެންމެ ފަހު މެޗު އަދި އެންމެ ފޯރިގަދަ މެޗަކަށް ކުލެވުނީ ޝަރަފުއްދީން ސްކޫލާއި ފޭދޫ ސްކޫލް ގެ 17 އަހަރުން ދަށުގެ މެޗެވެ. މި މެޗު 12 ޕޮޓު 6 ޕޮޓުން ކާމިޔާބުކުރީ ޝަރަފުއްދީން ސްކޫލްގެ ޓީމެވެ. މެޗުގެ ކުއިން އޮފް ދަ މެޗަކަށް ހޮވުނީ ޝަރަފުއްދީނު ސްކޫލްގެ ނަޖާތު ނިޔާޔެވެ.

މުބާރާތުގެ ކުޅުން މާދަމަވެސް އޮންނާނެވެ. މާދަމާ ފުރަތަމަ މެޗުގައި ހިރާ ސްކޫލާއި ހުޅުދޫ ސްކޫލްގެ 13 އަހަރުން ދަށުގެ މެޗު އޭ ކޯޓުގައި ކުޅެވޭއިރު ބީ ކޯޓުގައި ކުޅެވޭނީ ޝަމްސުއްދީން ސްކޫލާއި ކެންގަރޫ ކިޑްސްގެ 13 އަހަރުން ދަށުގެ މެޗެވެ.