ފުލުހަކަށް ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްކޮށްލައިފިއެވެ
ރޭ ދަންވަރު ކާނިވާ ސަރަހައްދުގައި އަޅަމުންދާ މިސްކިތް ކައިރިން ފުލުހަކަށް ހަމަލާދީ ޒަހަމް ކޮށްލާފައިވާ ކަން ފުލހުންގެ މީޑިއާ އޮފިޝަލްވަނީ ޔަގީން ކޮށްދެއްވާފައެވެ
ފުލުސް މީހާގެ ބުރަކައްޓަށާއި ކަނދުރާއަށް ތޫނު އެއްޗަކުން ހަމަލާދީފައިވާއިރު މި މައްސަލައިގެ އިތުރު ތަފްސީލެއް އަދި ފުލުހުން ހާމަކުރައްވާފައެއް ނުވެއެވެ. އެ މައްސަލާގައި އަދި މީހަކު ހައްޔަރު ކޮށްފައި ނުވާއިރު މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށް ފުލުހުންވަނީ ބުނެފައެވެ
އެ ފުލުސް މީހާ އަށް އައިޖީއެމްއެޗުން ފަރުވާދިނުމަށްފަހު މިހާރު ވަނީ ދޫކޮށްލައިފަ އެވެ