English Edition
Dhivehi Edition

ލިޔުނީ މަރިޔަމް އަލްމާ މުހައްމަދު/ މަނާލް ޒާހިދު ފަހުމީ/ޝަރަފުއްދީން ސްކޫލް/

މިހާރު އައްޑޫސިޓީގައި ކުރިއަށް ދާ އިންޓަރ ސްކޫލް ނެޓްބޯޅަ މުބާރާތުގައި މިއަދުވެސް ފޯރިގަދަ 6 މެޗު ކުޅެފިއެވެ. މިއަދުގެ ދެވަނަ ދަންފަޅީގައި ފުރަތަމަ ކުޅެފައިވަނީ އިއްޔެ ވިއްސާރަވެގެން ނުކުޅެވި އޮތް، 17 އަހަރުން ދަށުގެ މެޗެވެ. އައްޑޫ ހައި ސްކޫލާއި ވާދަކޮށް 14 ޕޮޓު 4 ޕޮޓުން ކާމިޔާބުކުރީ ސ. އަތޮޅު މަދުރަސާއެވެ. މިމެޗްގެ ކުއިން އޮފް ދަ މެޗަކަށް ހޮވިފައިވަނީ ސ. އަތޮޅު މަދުރަސާގެ ހައްވާ މާޝާ އަބްދުﷲ އެވެ.

ދެވަނަ މެޗުގައި ބީ ކޯޓުގައި ކުޅުނީ ހުޅުދޫ ސްކޫލާއި މުހައްމަދު ޖަމާލުއްދީނު މަދުރަސާގެ 15 އަހަރުން ދަށުގެ މެޗެވެ. 17 ޕޮޓު 10 ޕޮޓުން ހުޅުދޫ ސްކޫލް ކާމިޔާބުކުރި މިމެޗުގެ ކުއިން އޮފް ދަމެޗަކަށް ހޮވިފައިވަނީ އެ ސްކޫލްގެ ފާޠިމަތު މަންހާއެވެ.

ތިންވަނަ މެޗުގައި ބީ ކޯޓުގައި ކުޅެވުނީ ހިތަދޫ ސްކޫލާއި ހިރާސްކޫލްގެ މެޗެކެވެ. މިއީ 9 އަހަރުން ދަށުގެ މެޗެކެވެ. މި މެޗު6 ޕޮޓު 1 ޕޮޓުން ހިތަދޫ ސްކޫލް ކާމިޔާބުކުރިއިރު ކުއިން އޮފް ދަ މެޗަކަށް ހޮވުނީ އެ ސްކޫލްގެ އާމިނަތު ޒީނާ އާމިރުއެވެ.

ހަތަރުވަނަ މެޗުގައި އޭ ކޯޓުގައި ޝަރަފުއްދީން ސްކޫލްގެ 9 އަހަރުން ދަށުގެ ޓީމު މޮޅުވެފައިވަނީ ކެންގަރޫ ކީޑްސް އާ ވާދަކޮށް 8 ޕޮޓު 0 ޕޮޓުންނެވެ. މިމެޗްގެ ކުއިން އޮފް ދަމެޗަކަށް ހޮވިފައިވަނީ ޝަރަފުއްދީން ސްކޫލްގެ ޚަދީޖާ ޝާޔާއެވެ.

ފަސްވަނަ މެޗުގައި އޭކޯޓުގައި ކުޅެވުނީ ހިތަދޫ ސްކޫލާއި ފޭދޫ ސްކޫލްގެ 17 އަހަރުން ދަށުގެ މެޗެވެ. މިމެޗް 37 ޕޮޓު 3 ޕޮއިންޓުގެ ބޮޑު ތަފާތަކުން މޮޅުވެފައިވަނ ިހިތަދޫ ސްކޫލެވެ. ކުއިން އޮފް ދަ މެޗަކަށް ހޮވިފައިވަނީ އެ ސްކޫްލްގެ އައިޝަތު ނަޖާއެވެ.

މިއަދުގެ އެންމެ ފަހު މެޗަކަށް ކުޅެވުނީ ބީ ކޯޓުގައި ކުޅެވުނު ފޭދޫ ސްކޫލާއި ޝަރަފުއްދީން ސްކޫލްގެ 15 އަހަރުން ދަށުގެ މެޗެވެ. ވަރަށް ފޯރިގަދަ އެހާމެ ވާދަވެރިކޮށް ކުޅެވުނު މެޗު ފޭދޫ ސްކޫލުން ކާމިޔާބުކުރީ 18 ޕޮޓު 17 ޕޮޓުންނެވެ. މިމެޗްގެ ކުއިން އޮފް ދަ މެޗަކަށް ހޮވިފައިވަނީ ފޭދޫ ސްކޫލްގެ ފާޠިމަތު ދީނާ މުހައްމަދެވެ.