ކުރިޔަށް އޮތް ރިޔާސީ އިންތިޚާބުގެ ވޯޓާސް ރަޖިސްޓްރީ އެކުލަވާލުމުގެ މަސައްކަތް އިލެކްޝަން ކޮމިޝަނުން ފަށައިފިއެވެ.
އިލެކްޝަންސް ކޮމިޝަނުން ކޮށްފައިވާ ޓްވީޓެއްގައި ވިދާޅުވީ އަންނަ އިންތިޚާބުގައި ވޯޓުލެވޭ މީހުން ރަޖިސްޓްރީ އެކުލަވާލުމާއި ގުޅޭ ގޮތުން ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރެޖިސްޓްރޭޝަނާއި، ނޭޝަނަލް ސެންޓަރ ފޯރ އިންފޮމޭޝަން ޓެކްނޮލޮޖީގެ އިސްވެރިންނާއި ބައްދަލުކޮށްފައިވާކަމަށެވެ.
އެހެންނަމަވެސް މިކަމާ ގުޅޭ އިތުރު ތަފްސީލެއް އެ ކޮމިޝަނުން ހާމކޮށްފައެއް ނުވެއެވެ.
އަންނަ މަހު ވޯޓާސް ލިސްޓު އާންމު ކުރުމަށް ނިންމާފައި ވީ ނަމަވެސް ރީ ރަޖިސްޓްރޭޝަން ހުޅުވާލާނީ ޖޫން މަހުގައި ކަމަށް އެލެކްޝަންސް ކޮމިޝަނުން ވަނީ މީގެ ކުރިން މައުލޫމާތުދީފައެވެ.
އަދި ރިޔާސީ އިންތިހާބަށް ގިނަ ދުވަސްތަކެއް އޮއްވައި ވޯޓާސް ލިސްޓު އިއުލާންކުރަން މިފަހަރު ނިންމީ އެ ލިސްޓަށް ޝަކުވާ ހުށަހެޅުމަށް އާންމުން ބޭނުންވާ ވަގުތު ދިނުމުގެ ގޮތުން ކަމަށްވެސް އިލްކްޝަންސް ކޮމިޝަނުން ހާމަކުރެއެވެ.
އަދި ރިޔާސީ އިންތިހާބަށް ތައްޔާރުވުމުގެ ގޮތުން އީސީން ކުރަމުންދާ އިދާރީ މަސައްކަތްތަކުގެ ބޮޑު ބައެއް މިހާރު ނިމިފައިވާ ކަމަށްވެސް އިސީން މައުލޫމާތުދެއެވެ.
އީސީން މައުލޫމާތުދޭ ގޮތުގައި އިންތިހާބުގެ އޮބްޒާވަރުންނާއި މޮނިޓަރުންނަށް ވުމަށް ވެސް އަންނަ މަހު އިއުލާންކުރާނެކަމަށެވެ.
ރިޔާސީ އިންތިހާބަށް ތައްޔާރުވުމުގެ ގޮތުން އީސީން ކުރަމުންދާ އިދާރީ މަސައްކަތްތަކުގެ ބޮޑު ބައެއް މިހާރު ނިމިފައި ވާކަމަށްވެސް އީސީ އިން ހާމަކުރެއެވެ.