English Edition
Dhivehi Edition

އިނގިރޭސި އެފްއޭކަޕްގެ ސެމީފައިނަލްގައި ރޭ ޓޮޓެންހަމް ފަހަތުން އަރައި ބަލިކޮށް މެންޗެސްޓަރ ޔުނައިޓެޑް ފައިނަލްގެ ފުރަތަމަ ޖާގަ ކަށަވަރުކޮށްފިއެވެ.

ރޭ ކުޅުނު ސެމީގައި 2-1 ލަނޑުން ޓޮޓެންހަމް ބަލިކޮށް ޔުނައިޓެޑް ފައިނަލަށް ދަތުރުކޮށްފައިވާއިރު ޔުނައިޓެޑް އާއި އެކު ފައިނަލްގައި ކުޅޭ ޓީމެއް ކަށަވަރުވާނީ މިރޭ ކުޅޭ ސެމީފައިނަލް ދެވަނަ މެޗުގައި ޗެލްސީ އާއި ސައުތްހެމްޓަން ބައްދަލުކުރާ މެޗުން މޮޅުވާ ޓީމެއް އެނގުމުންނެވެ.

އިނގިރޭސި އެންމެ ޝަރަފުވެރި ސްޓޭޑިއަމް ކަމުގައިވާ ވެމްބްލީ ސްޓޭޑިއަމްގައި ރޭ ކުޅުނު މި މެޗުގެ 11 ވަނަ މިނެޓްގައި ޓޮޓެންހަމް އިން ޑެލެ އަލީގެ ލަނޑުން ލީޑު ނަގައި ފައިނަލްގެ އުންމީދު އާކުރި ނަމަވެސް މެޗުގެ 24 ވަނަ މިނެޓްގައި ޔުނައިޓެޑުން ވަނީ ނަތީޖާ ހަމަހަމަ ކޮށްފައެވެ.މި ލަނޑު ޔުނައިޓެޑްއަށް ކާމިޔާބުކޮށްދީފައިވަނީ އެލެކްސިސް ސަންޗޭޒްއެވެ.

ސަންޗޭޒްގެ ލަނޑަށް ފަހު ފުރަތަމަ ހާފް ނިމުމުގެ ކުރިން ލީޑު ނަގަން ރަނގަޅު ފުރުސަތުތަކެއް ލިބުނު ނަމަވެސް ދެ ޓީމުން ކުރެ އެއްވެސް ޓީމަކަށް ފުރަތަމަ ހާފްގައި ލީޑު ނެގޭ ގޮތެއް ނުވިއެވެ.

ދެ ޓީމުވެސް އެއްވަރެއްގައި އޮވެ ފުރަތަމަ ހާފް ނިމުނުއިރު މެޗުގެ 62 ވަނަ މިނެޓްގައި ރޭގެ މެޗުގައި ޔުނައިޓެޑައަށް މޮޅު ކުޅުމެއް ދެއްކި ހެރޭރާ ވަނީ ޔުނައިޓެޑަށް މެޗުގެ ލީޑު ނަގާދީފައިނަލްގެ ޖާގައެއް ކަށަވަރުކޮށްދީފައެވެ.

ޔުނައިޓެޑްއިން މީގެ ކުރިން އެފްއޭކަޕްގެ ފައިނަލުގައި 19 ފަހަރު ކުޅެފައިވާއިރު ޔުނައިޓެޑުން ވަނީ 12 ފަހަރެއްގެ މަތިން މި މުބާރާތް ކާމިޔާބުކޮށްފައެވެ.