English Edition
Dhivehi Edition

ލިޔުނީ: މަނާލް ޒާހިދު ފަހުމީ/މަރިޔަމް އަލްމާ މުހައްމަދު/

މިހާރު އައްޑޫސިޓީގައި ކުރިއަށް ދާ އިންޓަރސްކޫލް ނެޓު ބޯޅަ މުބާރާތުގައި ޝަރަފުއްދީން ސްކޫލުގެ މީޑިއާގެ ކަވަރޭޖް:

22- 04 މިއަދު ފުރަތަމަ ކުޅެވުނީ އިއްޔެ ވިއްސާރަވެގެން މެދުކަނޑާލި މަރަދޫ ސްކޫލް ، ފޭދޫ ސްކޫލްގެ 11 އަހަރުން ދަށުގެ މެޗެވެ. ކޯޓް ބީ ގައި ކުޅެވުނު މިމެޗް ވަރަށް ފޯރިގައި ކުޅެ 11 ޕޮޓް 10 ޕޮޓުން ކާމިޔާބުކުރީ މަރަދޫ ސްކޫލެވެ. މެޗްގެ ކުއިން އޮފް ދަ މެޗަކީ މަރަދޫ ސްކޫލްގެ އައިޝަތު ލަޝާލް ސިރާޖެވެ.

ހަމަ އެވަގުތު ކޯޓު އޭ ގައި ކުޅެވުނީ ހިތަދޫ ސްކޫލް، މަރަދޫ ފޭދޫ ސްކުލްގެ 11 އަހަރުން ދަށުގެ މެޗެވެ. މިމެޗް 20 ޕޮޓް 2 ޕޮޓުން ކާމިޔާބުކުރީ ހިތަދޫ ސްކޫލެވެ. ކުއިން އޮފް ދަ މެޗަކީ ހިތަދޫ ސްކޫލްގެ ޔުމްނު ހުސައިނެވެ.

ކޯޓު އޭގައި ދެން ކުޅެވުނީ ވެސް 11 އަހަރުން ދަށުގެ މެޗެކެވެ. މިމެޗުގައި ފޭދޫ ސްކޫލާއި ވާދަކޮށް 4 ޕޮޓް 2 ޕޮޓުން މެޗް ކާމިޔާބުކުރީ ޝަމްސުއްދީން ސްކޫލެވެ. މެޗްގެ ކުއިން އޮފް ދަމެޗަކީ ޝަމްސުއްދީނުގެ އައިޝަތު އާލާ ނާޝިދެވެ.

ކޯޓު ބީގައި ކުޅެވުނީ ޝަރަފުއްދީން ސްކޫލާއި ހުޅުދޫ ސްކޫލްގެ 11 އަހަރުން ދަށުގެ މެޗެވެ. މި މެޗު 7 ޕޮޓު 2 ޕޮޓުން ކާމިޔާބުކުރީ ޝަރަފުއްދީން ސްކޫލެވެ. ކުއިން އޮފް ދަ މެޗަކީ ޝަރަފުއްދީން ސްކޫލްގެ ފާޠިމަތު ޖުމާން ޢަބްދުﷲ އެވެ.

މި ދަންފަޅީގެ އެންމެ ފަހު މެޗަކަކަށް ކޯޓު އޭގައި ކުޅެވުނީ ޝަމްސުއްދީން ސްކޫލާއި ފޭދޫ ސްކޫލްގެ 9 އަހަރުން ދަށުގެ މެޗެވެ. މިމެޗް 2 ޕޮޓް 0 ޕޮޓުން ކާމިޔާބުކުރީ ޝަމްސުއްދީން ސްކޫލެވެ. ކުއިން އޮފް ދަ މެޗަކީ ޝަމްސުއްދީން ސްކޫލްގެ މަރިޔަމް ސާރާ އިސްމާއީލެވެ.

ދެވަނަ ދަންފަޅިގެ މެޗްތައް ފެށުމަށް ހަމަޖެހިފައިވަނީ 2 ޖަހާއިރެވެ. މި މުބާރާތުގެ މީޑިޔާ ޕާޓުނަރަކި ޝަރަފުއްދީން ސްކޫލްގެ މީޑިޔާ ކުލަބެވެ.