English Edition
Dhivehi Edition

ފަސް މީހުންނާއި އެކު ދަތުރު ކުރަމުން ދިޔަ މުދާ އުފުލާ ދޯންޏެއް އަޑިއަށް ހިނގައްޖެއެވެ.

“މާވަށް ސްޓާ” ނަމަކަށް ކިޔާ 100 ފޫޓްގެ މުދާ އުުފުލާ ދޯންޏެއް ވ.ފުލިދޫ ހުޅަނގުން 4.7 މޭލުގައި އޮތް ގިރިއަކަށް އަރައި ދިޔަވެ ދޯނި އަޑިއަށް ގޮސްގެން ކޯސްޓްގާޑުން ހަރަކާތްތެރިވަމުންދާ ކަމަށް އެމްއެންޑީއެފުން މައުލޫމާތު ދެއްވައެވެ.

އެމްއެންޑީއެފްގެ މީޑިއާ އޮފިޝަލް ކެޕްޓަން އިބްރާހިމް އާޒިމް ވިދާޅުވީ ދޯނީގައި ތިބީ ފަސް މީހުން ކަމަށާއި އޭގެތެރޭގައި ހިމެނެނީ ތިން ދިވެހިންނާއި ދެ ބިދޭސީން ކަމަށެވެ.

މިއަދު ގާތްގަނޑަކަށް 06:15 ހާއިރު މި ހާދިސާގެ މަޢުލޫމާތު ލިބުމާއެކު އެމްއެންޑީއެފް ކޯސްޓްގާޑުގެ ލޯންޗެއް ވަނީ ހަރަކާތްތެރިވާން ފަށައިފައެވެ.

މި ހާދިސާ ހިނގިއިރު ދޯނީގައި 5 މީހުން ތިއްބެވެ. އޭގެ ތެރޭގައި ހިމެނެނީ 3 ދިވެހިންނާއި 2 ބިދޭސީންނެވެ. މި ހާދިސާގައި ދޯނި އަޑިއަށްދިޔައިރު ދޯނީގައި ތިބި 5 މީހުން ވަނީ ސަލާމަތްތެރިކަމާއެކު ސީއެމްބިއުލަންސަށް ނަގާފައި ކަމަށް އެމްއެންޑީއެފުން މައުލޫމާތު ދެއްވައެވެ

. މި ހާދިސާގައި އެއްވެސް މީހަކަށް ގެއްލުން ލިބިފައެއް ނުވެއެވެ.

މި ދޯނި ފުންކޮށް ފަޅައިގެން ގޮސްފައިވާ ތަން ބެއްދުމުގެ މަސައްކަތުގައި އެމްއެންޑީއެފް ކޯސްޓްގާޑުގެ ޑައިވަރުންގެ ޓީމް މިހާރު ދަނީ ހަރަކާތްތެރިވަމުންނެވެ.

މި ދޯނީގައި މައިގަނޑު މުދަލެއްގެ ގޮތުގައި ހުރީ ލަކުޑި ފިލައެވެ. އަދި މި ދޯނި އަޑިއަށް ގޮސްފައިވާތީ އެސަރަޙައްދުން ދަތުރު ކުރާ ފަރާތްތަކުން ޚާއްޞަ ސަމާލުކަން ދެއްވައިގެން ދަތުރު ކުުރެއްވުމަށް ވެސް އެމްއެންޑީއެފުން އިލްތިމާސް ކުރައްވައެވެ.