English Edition
Dhivehi Edition

ފަސް ޖެހި ގެއްލެމުން އޭ އަފިރންގެ ރިވެތި އައްޑޫބަސް ދިރުވައި އާލާ ކެޑުމުގެ މަގުޞަދި “އަފިރިންގެ އައްޑޫބަސް” ގެ ނަމި އައްޑޫ ބަހުން ވާހަކަ ދެއްކުމުގެ މުބާރާތަކައް ފުރުސަތު ހުޅުވަފެއި މި މުބާރާތި އެއްވަނަ ހޯދާ މީހަކާއް އިނާމަކައް ލަންކާއި ދެކެޑެ ޓިކެޓު ހުށަހަޅަލިއެ.

އޭއޯ ނިއުސް އިން އިންތިޒާމު ކެރާ މި މުބާރާތި ބައިވެރިވޭ އެންމެން ވާހަކަ ދައްކާއް ޖެހޭޱެއި އައްޑޫ ބަހުން. ވާހަކަ ދައްކާއް ޖެހޭ ދާއިރާކީ އައްޑޫގެ ބަހާއި ތާރީޚާއި އާދަކާދަ އަދި ސަގާފައް ހިމެނޭ ދާއިރާގެ ތެރެއިން އެމީހަކާ ބޭނުންވޭ ސުރުޚީއަކައް.

މި މުބާރާތި ބައިވެރިވޭ މީހުން އިސްޓޭޖަކައް އަރައި ވާހަކަ ދައްކާކައް ނިޖެހޭހެއް. އެމީހަކާމެން ބޭނުންތާކިލާއި ވާހަކަ ދައްކާކޯ ވީޑިއޯ ކޮއްދޭށުމާ. އަދި ފަނޑިޔާރުންނައް ދައްކާޱެއި ވިޑީއޯތައް. ދައްކަގެން ވަނަ ހޮވާޱެއި.

މި މުބާރާތި ފަނޑިޔާރުންނައް ތިބޭޱެއި އައްޑޫގެ ބަހައް ކުރިއަރަފެއި ތިބި އިސް މީހާ.

މުބާރާތި ވަނަ ހޮވުން އޮންނަޱެއި ފަނޑިޔާރުން ދޭ މާކުހާއި ފޭސް ބުކައް ވީޑިއޯ ލީމެއި މީހުން ދޭ ލައިކައް ބަލަގެން. ފަނޑިޔާރުން ދޭޱެއި 80% ދެން ފޭސް ބުކް ލައިކުން ލިބޭ އެއްތަކުން 20% ނަގާޱެއި.

މުބާރާތި ބައިވެރިވޭއް ބޭޱުން އެންމެން 7782034 މި ނަމްބަރާއް ފުރިހަމަ ނަމާއި އެޑުރެހާއި ގުޅޭނެ ފޯނު ނަމްބަރައް ފެނޑުވުން އެދެން. އަދި އިތިރި މައުލޫމާތަސް މި ނަމްބަރާއް ގުޅަގެން ސައުފު ވޭހެއް. މުބާރާތި ބައިރިވޭއް ނަން ހުށަހެޅުމުގެ އެންމެ ފަހި ތާރީޚަކީ އެޕްރީލް 30 ވޭ ހޯމަ ދުވަސް..