English Edition
Dhivehi Edition

ރޯދަމަސް ވަރައްް ކަވަރިވެގަ. މީކޯ ރާއްދޭއި އެންމެންނަސް އޭޱެއި ރޯދާއް ތައްޔާރަވެމުން. ރޯދާއް ތައްޔާރަވޭއް އައްޑޫމީހުން ކެރާ ވަރައް ގިނަ ކަންތެތި ތިބެއި. ދާދި އިހަކާއި ޖެހޭތިކޮށަސް ރޯދާއް ހަވާދަ ހަނާ ނިކެރާ ގިއައް އައްޑޫއެ މަދަވޭހެއް. މިކަލަސް މިކަންކެރާ މީހުން މަދާއްނުން. އެހެންވީމެއި މިފަހަރަ އައްޑޫ ހަވާދަ ހަނާކޮއްގަނުމާ ހިނގައު

.ބޭޱުންވޭ ސާމާން ހަވާދަ ހަނާކެރާލެއް

ފެރަތުމާއް ބޮނޑަ ލޯގަނޑަކައް ހުށެހެއި އެއްތަތި އެޑަފެއި ރަންގަޅާއް މަޑުނަޱެއި. ރަނގަޅާއް މެޑެޱަމެއި ހިންނަޱެއި ހުނިގަނޑި ހުށެހެއި ތާނކި އެއްވަރަކައް ކުލަޖެހިފެއި ހުށެހެއި ހަވާދުގެ ބައިތައް އެއްވަރަކައް ބެހިފެއި.

ދެން ބޮނޑަ ތާހަކައް އެޑަފެއި މަޑަ އަލިފާނަ ހުނިގަނޑަ ހަނާކެރާޱެއި. ހަނާކެރާ ކަލަކި ވަކަރަ ދަބަކުން ހުނިގަނޑަ ފެރަޑަމުން ހެލުވަމުން އޭއްވޭޱެއި، އެހެން ނުންކަމުގައި ވެނީ ފެހޭ ތާހާއި ފުލަ ޖެހޭބައި އަނދައިއޭހެއް. މިލެކައް ހަނާކެރަމުން ކެރަމުންގޮސް ހަވާދަ މުރަޱަވެ ހޫނެ ކުލަ މަޑަ މެށިކުލާކައް އެރިމެއި ހިންނަޱެއި ހަވާދަ ހަނާވެގޮސް.

ދެން އުނދުނުން ބާފެއި ހަވާދަ ވަނުން ތަޅަފެއި ނުންފެހޭ މިކުސްޗަރާން މުގުރަފެއި ރަނގަޅާއް ވައި ބަންދުވޭ އެއްތަކައް އެޑަލާޱެއި. އެކަމަކި ހުޱުވޭލައި މަތި ނިޖަހާށިޔަ. ހުޱުވޭލައި މަތި ޖެހިމެއި ފޫސްމަހެދިގަން ހަވާދާއް ފެން އެޑިގަން ހަވާދަ ކަރަ ވޭހެއް. އެހެންވީމެއި މަތިޖަހާޱެއި ހަވާދަ މިޅިން ފިނިވީމެއި