English Edition
Dhivehi Edition

އަދަކީ އަފިރިންގެ ދިވެހި ރާއްދޭގެ މިނިވަން ކަމައް 53އަހަރަ ފުރެޱެދުވަސް.

އަފިރިން މިނިވަން ދުވަސް ކަމުގައި މި ފާހަގަ ކެރަނީ 1887ވަނަ އަހަރި ޑިސެމްބަރު މަހުން ފެށިގެން 1965ވަނަ އަހަރި ޖުލައި 26 ވަނަ ދުވަހާއި ހަމާއް އިނގިރޭސިންގެ ހިމާޔަތި ދަށި ދިވެހި ރާއްދެ އޮތުމައްފަހި ރާއްދޭއް ފުރިހަމަ ސިޔާސީ މިނިވަންކަން ލިބެޱެދުވަސް

މެހެން މިކަން އޮތަސް ދިވެހިރާއްދޭގެ ތާރީޚުން އެނގޭ ގޮތެ ދިވެރިރާއްދޭކީ އަބަދަށަސް މިނިވަން ޤައުމައް. މިނިވަންކަމުގެ ތާރީޚައް ބަލާކޯ އަފިރިންގެ މި ގައުމު ކިތަންމި ކުދަސް، މީސްކެޑާ ކިތަންމި މަދަސް، ކިތަންމި ދުރެދުރެ ރައްރައް ތިބިއަސް، ދަތަރެ ފަތެރަ އުދަގުލަސް، މި ގައުމަކީ ދުނިއޭގެ އެހެން ގައުމުތަކާއި އެޑައި ބަލާކޯ ވަރައް މަތިވެރި މަޤާމައް ލިބިފެއި އޮއް ޤައުމައް. މެހެން ބެޱާ ސަބަބަކީ ދިވެހި ރާއްދެ އިސްލާމް ވުމުގެ މާ ކުރިނަސް ރާއްދޭކީ ފުރިހަމަ މިނިވަނަކަން އޮއް އަމެއްލަ ވެރިކަމައް ކެޑަ ޤައުމައްވޭ ހެދީ.

ތާރީޚުން އެނގޭގޮތެ ދިވެހިރާއްދޭއި އަމެއްލަ ވެރިކަމައް ނެތި މިނިވަންކަން ގެއްލެ ޱެއި ދެފަހަރަކި މަތިން. އޭ މީލާދީން 1558 ކުން 1573ވަނަ އަހަރާއި ހަމާއް ޕޯޗުގީޒުން ރާއްދެ އަރައި ދިވެހިންގެ މައްތައް އައްގަދަކޮއްގަން އެވެރިން ރާއްދޭއި ވެރިކަން ކެޑަ ދުވަސްވަރާއި ހިޖުރައިން 1165ކި ހޮޅިން ރާއްދެ އަރައި ތިބި ތިން މަހާއި ވިހި ދުވަހި.

1887ވަނަ އަހަރި ރާއްދެ އިނގިރޭސިންގެ ހިމާޔަތި ދަށައް ގެއި އެއަހަރި ޑިސެމްބަރު މަހި ސޯޅާވަނަ ދުވަހާއި ތޭވީސް ވަނަ ދުވަހި އިނގިރޭސި ކުއީން ވިކްޓޯރިއާގެ ފަރާތުން ވާހަކަދެއްކި އެކޯ ސިލޯނަ ހިންނަ އިނގިރޭސި ގަވަރުނަރު ސާރ އޭ އެޗް ގޯޑްން އެއި ރާއްދޭގެ ރަދުން އައްސުލްޠާން މުޙަންމަދު މުޢީނުއްދީން (ދެވަނަ) އެއި ދެވެރިންގެ މެދެ ވީ އެއްބަސްވުމަކި ދަށުން. އެހެން ގޮތަކައް ބެނާފެހޭ ދެސަރުކާރެ މެދެ ކެޑަ މުއާހަދާކި ދަށުން.

އެ އެއްބަސްވުމާއި އޮތީ ދިވެހިރާއްދޭކީ ރާއްދޭގެ ހުށެހެއި ޚާރިޖީ ކަންކަން އިނގިރޭސި ސަރުކާރު މެދެވެރިކޮއް ކެރާއްޖެހޭ އިނގިރޭސިންގެ ހިމާޔަތް ލިބިފެއިއޮތް ޤައުމަކާއު. އަދި ރާއްދޭގެ ރަސްގެފާނަކީ އިނގިރޭސި ދައުލަތުގެ ރުހުން ލިބިފެއި ހިށި މީހަކާ ކަމަށާއި އިނގިރޭސި ދައުލަތައް ރާއްދޭން ކޮންމެ އަހަރަކި ޖިޒީ ދައްކާއް ޖެހޭޱަ ވާހަކަ. އެއްގޮތަކިއަސް ރާއްދޭކީ އިނގިރޭސިންގެ ވެރިކަމައު ހިނގާ ތާނކާއު ލޭފެއި ނެއް.އަދި ރާއްދޭގެ ދާޚިލީ އެއްވެސް ކަމަކާއި އިނގިރޭސިންނައް ބެހެވޭނެ އެއްވެސް އެއްބަސްވުމައްނެއް.

އެއްބަސްވުމާއި އެއްގޮތައް ފެރަތުމަކެޑަ އިނގިރޭސި ދައުލަތުނަސް އަދި ދިވެހި ދައުލަތުނަސް އަމަލަ ކެޑާ. އެހެންފެނާސް ފަހުން އިނގިރޭސިންގެއި މަޑަމަޑުން ދިވެހިރާއްދޭގެ ދާޚިލީ ކަންކަމައް ބާރަ ފޯރުވަމުން. 1903 ވަނައަހަރި އައްސުލްޠާން މުޙަންމަދު ޢިމާދުއްދީން (ހަވަނަ) ރަސްކަމުން ގަދަކަމުން ބާލައި އައްސުލްޠާން މުޙަންމަދު ޝަމްސުއްދީން(ތިންވަނަ) ރަސްކަމައް އިސްކެޑަ ހާދިސާއި ހިނގި ކަންކަމި އެތެރަށަސް ވެދަ ބައެއް ކަހަލަ ނިންމުންތައް އިނގިރޭސިން ނިންމައި ފިޔަވަޅަތައް އެޑިކަމައް ތާރީޚުން ފެނެއި. އަދި 1956ވަނަ އަހަރި ދިވެހި ސަރުކާރުން އެއްބަސްވެގެން އައްޑު އަތެޅެ ގަމި ބިމަސް ކުދު ކުދު ފީއަކައް އިނގިރޭސިއަ ކުލިއައް ހިފިއަ. އަދި އެދުވަސްވަރި ދެގައުމެ މެދެ ވެފެއި އޮއް އެއްބަސްވުމާ އައުކެޑުމުގެ މަޝްވަރާކެޑާ. ރާއްދޭއި ސަރުކާރުން ބެޱަމުންގެއި އަލައް ވޭ އެއްބަސްވުމާއި ރާއްދޭކީ އަމެއްލަ ބާރަ އޮއް ހަގީގީ މިނިވަން ގައުމައް ކަމުގައި ގަބޫލުކެޑުމަށާއި ރާއްދޭގެ ސިޔާސީ ހައިސިއްޔަތު ރަނގަޅާއް އެނގޭލެކައް އެއްބަސްވުމާއި ލޭފެއި އޮންނައް ވޭހެއް ކަމައް. މެހެން ދިވެހި ސަރުކާރުން ހުށަހެޅި ކަންކަމާއި އިނގިރޭސިން ދެކެޑަ ހަދަމުންގޮސް ދެ ސަރުކާރެ ދެމެދަ ދެވަނަ އެއްބަސްވުމަކި ސޮއި ކެޑެއި 1960ވަނަ އަހަރި. މި އެއްބަސްވުމާއި ދިވެހި ސަރުކާރުން އެދެ ޱަ ގޮތައް ރާއްދޭކީ މިނިވަން ވެރިކަމައް ކެރާ މިނިވަން ޤައުމައް ކަމުގައި އެއްބަސްވެފެއި އޮއް. އެކަމަކި މި އެއްބަސް ވުމެއަސް އޮތީ އިނގިރޭސިން މެދެވެރި ވެގެން ނުން އެހެން ލެހެކައް ބޭރަ ގައުމަކާއި ސިޔާސީ އެއްވެސް ގުޅުމައް ނިބޭވޭހެއް ކަމައް.

ލަފާވޭގޮތެ އިނގިރޭސިންގެ އައްދަށުން ދިވެހިރާއްދެ މިނިވަން ވެގަތުމުގެ ވިސްނުން ދިވެހި ސަރުކާރުން ކެރާއްފެށީ ރާއްދޭގެ ދެކު ޱެ ތިން އަތަޅެ ވަކި ސަރުކާރައް ހަދާއު އަފީފު ދީދީ ކެޑަ މަސައްކަތި އިނގިރޭސިންގެ ހިމާޔަތް އަފީފުދީދީއައް ދެރަފެއި އޮއްކަން އެނގެޱަމެއި.

އިނގިރޭސިން އައްދަށުން މިނިވަން ވޭއް ދިވެހި ސަރުކާރުން ކެރަމުންގޭ މަސައްކައް ކާމިޔާބުވީ 1965ވަނަ އަހަރި ޖުލައި 26 ވަނަ ދުވަހި. އެދުވަހި ދެ ސަރުކާރެ ދެމެދެ ވީ އެއްބަސްވުމާއި ދިވެހި ރާއްދޭކީ މިނިވަން ވެރިކަމައް ކެރާ މިނިވަން ދައުލަތައް ކަމަށާއި ސިޔާސީ ގޮތުނާއި އެހެނިހެން ގޮއްގޮތަށަސް ބައިނަލް އަޤްވާމީ ގުޅުންތައް ބޭރެ ގައުމުތަކާއި ބޭރެ ޖަމާއައްތަކާއި އެކީ ކެޑުމުގެ ހައްޤު ރާއްދޭއް ލިބިގެންވޭ ކަމުގައި އިނގިރޭސިން އެއްބަސްވެފެއި ވެއި.

ދިވެހިރާއްދޭއް ފުރިހަމަ މިނިވަންކަން ލިބެ ޱަ މިއެއްބަސްވުމާއި ސޮއި ކެޑެއި 1965ވަނަ އަހަރި ޖުލާން ސައްބީހެ ހެންނެއި ރާއްދޭއި ގަޑިން 10 ޖެހިކޯ ސިލޯނެ، ކޮޅަނބެ ހިންނަ އިނގިރޭސި ދައުލަތުގެ ހައިކޮމިޝަނިލާއި. މި އެއްބަސްވުމާއި އިނގިރޭސި ސަރުކާރުގެ ފަރާތުން ސޮއި ކެޑެއި ސިލޯނެ ހިށި އިނގިރޭސި ހައިކޮމިޝަނަރު ސަރ މައިކަލް ވޯކަރ. ރާއްދެއައް ފުރިހަމަ މިނިވަންކަން ލިބެ ޱެ މި ފަހުރުވެރި އެއްބަސްވުމާއި ސޮއިކެޑުމުގެ ޝަރަފު ރާއްދޭގެ ފަރާތުން ލިބިގަތީ އެކޯ ރާއްދޭގެ ބޮނޑަވަޒީރަކާއު ހިށި ވެލާނާގޭ އިބްރާހިމް ނާސިރު. އިބްރާހިމް ނާސިރުއަކީ ފަހުން ރާއްދޭއި ވެރިކަން ކެޑަ ރައީސައް. ރާއްދޭގެ ދެވަނަ ޖުމުހޫރިއްޔާގެ ފެރަތުމަ ރައީސް.

އެދުވަހި ރާއްދޭއް މިނިވަންކަން ލިބުމައްފަހި ރާއްދޭކީ މިނިވަން ޤައުމައް، އެއުފާވެރިކަން ފާހަގަ ކެޑުމުގެ ގޮތުން ކޮންމި އަހަރަކި ޖުލާން ސައްބީސް ދުވަސް ރާއްދޭގެ މިނިވަން ދުވަސް ކަމުގައި ފާހަގަ ކެރަތާ.

މިނިވަން ކަމާއި އުފާވެރިކަން މާތްﷲ އަފިންނައް އަބަދުގެ އަބަދައް މިންވަރަ ކުރައްވާށި. އާމީން